ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2017/45
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 19 ސެޕްޓެންބަރު 2017 00:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ފުޓްސެލް ދަނޑު މަރާމާތުކުރުމާއި ބެހޭ

                

                         ދުވާފަރު ފުޓްސެލް ދަނޑު މަރާމާތުކުރުމާއި ބެހޭގޮތުން ކުރެވުނު އިޢުލާން ނަމްބަރު: (IUL)304-EDS/304/2017/12 (26 މާރޗް 2017) ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                         ދުވާފަރު ފުޓްސެލް ދަނޑުގެ ހަލާކުވެފައިވާ ދައުތައް އައުކުރުމާއި، ގޯލް ފުރަގަހުގައި ހޮޅި އެޅުމާއި، ހޮޅިތަކުގައި ދަވާދުލުމާއި، ކުރިމަތީގައި ގައު ޖެހުމުގެ އިތުރުން އަދިވެސް ހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                         ވީމާ ، މިކައުންސިލުން ހޮޅިއާއި  ދައު  އަދި ގައު ދިނުމުން ދެންކުރަންޖެހޭ އެހެނިހެން މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.

 

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

19 ސެޕްޓެމްބަރ 2017

އަންގާރަ

މެންދުރު 13:30

ބިޑް ހުށައެޅުން

24 ސެޕްޓެމްބަރ 2017

އާދިއްތަ

މެންދުރު 13:30

                          އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަަވެމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުވަންވާނެއެވެ.

                          ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

 

                        20 ޛުލްޙިއްޖާ 1438

                        11 ސެޕްޓެމްބަރ 2017

11 ސެޕްޓެންބަރު 2017