މަޤާމު: އެސިސްޓެންޓް ގްރެފިކްސް ޑިޒައިނަރ
|
މުސާރަ އާއި އެލަވަންސް
|
މަހަކު -/9400
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަޤާމުގެ ރޭންކް
|
TP6
|
ބޭނުންވާ ޢަދަދު
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ނިވްސް އެންޑް ކަރަންޓް އެފެއަރޒް
|
މަޤާމުގެ ޝަރުތު:
|
ޖީ.ސީ.އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕަބްލިކް ސަރވިސް މީޑިއާގެ ނިވްސް ޚަބަރާއި ޕްރޮގްރާމް ތަކަށް ބޭނުންވާ ގްރެފިކްސް، އެނިމޭޝަން ހެދުން 2ޑީ އަދި 3ޑީ އެނިމޭޝަން.
- ޕަބްލިކް ސަރވިސް މީޑިއާ ނިވްސްގެ ކޯޕަރޭޓް އައިޑެންޓިޓީގެ ގްރެފިކްސް ތައްޔާރުކުރުން.
- ޕަބްލިކް ސަރވިސް މީޑިއާގެ އޮންއެއަރ އަށް ބޭނުންވާ ގްރެފިކްސް ހެދުން.
- ޕަބްލިކް ސަރވިސް މީޑިއާގެ ނިވްސް އިން ކުރާ އެކިއެކި ލައިވްތަކަށް ބޭނުންވާ ގްރެފިކްސް ހެދުން އަދި ލައިވްތަކުގައި ނަގަންޖެހޭ ލައިވް ގްރެފިކްސް ނެގުން.
- ޕަބްލިކް ސަރވިސް މީޑިއާގެ ނިވްސްގެ ޚަބަރާއި ޕްރޮގްރާމް ތަކުގައި ބޭނުންކުރުމަށް ހަދާ ގްރެފިކްސް ތަކަށް ކްރިއޭޓިވް އިން ޕުޓް ދީ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.
- ސިނަމާ 4ޑީ ނުވަތަ 3ޑީ މެކްސް ނުވަތަ މާޔާ އިން 3ޑީ މޮޑެލް ތައް ހެދުން.
- އެޑޯބް އާފްޓާރ އިފެކްޓްސް، އެޑޯބް ފޮޓޯ ޝޮޕް އެޑޯބް އިލަސްޓްރޭޓަރ ރަނގަޅަށް ބޭނުން ކުރަން އެނގުން
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000284 އާއި ގުޅުއްވުން އެދެމެވެ.
|