ވަޒީފާގެ ފުރުޞަތު
ނަންބަރު: DHAH/2017/009
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 19 ސެޕްޓެންބަރު 2017 13:00
ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

  ދ. އަތޮޅު ހޮސްޕިޓަލް

     ދ.ކުޑަހުވަދޫ ،

      ދިވެހިރާއްޖެ. 

 

ވަޒީފާގެ ފުރުޞަތު

ނަމްބަރު: DHAH/2017/009

ތާރީޚް: 10 ސެޕްޓެމްބަރ 2017

 

 ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ނަމްބަރު:

J-254706

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިން

 

މަޤާމް އޮތް އޮފީސް:

ދ. އަތޮޅު ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

އިތުރު ޢިނާޔަތްތައް

1. ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. އަތޮޅުތެރޭ ރަށްރަށުގެ ޞިއްޙީ ޚިދްމަތްދޭ ތަންތަނުންނާއި، އެހެނިހެން އިދާރާތަކުން ފޮނުވާ ސިޓީ މެސެޖް ފަދަ ތަކެތި ނަގައި، ހިންގަން ހުންނަ ވެރިއެއްގެ ލަފާގެ މަތިން ޖަވާބު ދޭންޖެހޭ އެންމެހާ ލިޔުންތަކަށް ޖަވާބު ދިނުމުގެ މަސައްކަތްކުރުން.

 

 

2. ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ ރެކޯރޑް ބެލެހެއްޓުމާއި، ރިޕޯރޓް ފޮނުވުމާއި، އަދި މުވައްޒފުންގެ ރަޖިސްޓްރީ ބެލެހެއްޓުން

 

3. ބިދޭސީ މުވައްޒަފުންގެ ވިސާ، ޕާސްޕޯރޓް، ވޯރކް ޕާރމިޓް އަދި ކޮންޓްރެކްޓްގެ ހުރިހާ ކަމެއްކުރުމާއި އޭގެ ރިކޯރޑް ބެލެހެއްޓުން

 

4. ހޮސްޕިޓަލަށް ލިބޭ ސިޓީ، ބިލް އަދި މެސެޖްފަދަ ތަކެތި އެންޓްރީ ކުރުމާއި، ފައިލްކުރުމާއި، އަދި ފޮނުވާ ސިޓީ މެސެޖް އަދި އެނޫންވެސް ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން

 

5. ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ޤަވާޢިދުން ލިޔެ ބެލެހެއްޓުން

 

6. އެޑްމިނިސްޓްރޭޓިވް އޮފިސަރުން ފެށިގެން ދަށުގެ މަޤާމްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކުރުމާއި މަސައްކަތަށް އަހުލުވެރި ކުރުވުމަށް މަސައްކަތްކުރުން

 

7. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތައް ހިންގުމުގައި އިސްވެ ހަރަކާތްތެރިވުން

 

8. މީގެ އިތުރުން ހޮސްޕިޓަލްގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން ( އޮފީސް މަސައްކަތް ).

 

މަޤާމުގެ ޝަރުޠުތައް

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން  'ސީ" ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

ހުށައަޅަންޖެހޭ ލިޔުންތައް

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް( ވަޒީފާއަށް އެދޭ ފޯމް ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހެލްތް މިނިސްޓްރީގެ ވެބްސައިޓުން http://health.gov.mv ޑައުންލޯޑް ކުރެވޭނެއެވެ).

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލޫ ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

 

 

 

 

 

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

5. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ). ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ). އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

7. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

8. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

ވަޒީފާއަށް އެދޭ ފޯމް ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހެލްތް މިނިސްޓްރީގެ ވެބްސައިޓުން http://health.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 19 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ދ. ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، ([email protected]) އެވެ. ފެކްސް ނަމްބަރަކީ، (6760531) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

24 ސެޕްޓެމްބަރ 2017 ން 05 އޮކްޓޯބަރ 2017 އާއި ދެމެދު ދ. އަތޮޅު ހޮސްޕިޓަލްގައި. މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

%30 (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6760622 ،6760087 އެވެ. ފެކްސް ނަމްބަރަކީ، 6760531 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

 

                  އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.                    

                     19  ޒުލްހިއްޖާ  1438  

                     10  ސެޕްޓެމްބަރ  2017 

10 ސެޕްޓެންބަރު 2017