ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2017/397
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 17 ސެޕްޓެންބަރު 2017 13:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ

ނަންބަރު: FNK/A/IUL/2017/397    

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

ސިވިލް އިންޖިނިއަރ

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ވޯޓަރ އެންޑް ސްވަރޭޖް ސާރވިސަސް ޑިޕާރޓްމަންޓް

ޑިޕާޓްމަންޓް:

10100ރ ( ދިހަހާސް އެއްސަތޭކަ ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %40 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

 (ހ) ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު އީޕީއޭ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ގައިޑްލައިންސްއާއި އެއްގޮތްވާ ގޮތަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދިނުން.

 (ށ) ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ސައިޓްތަކަށް ޒިޔާރާތްކޮށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމާއި އެކު ކަމާ ގުޅޭ ލަފާދީ އެ ރަށްރަށުގެ މުވައްޒަފުން ތަމްރީނު ކުރުން .

 (ނ) ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިންގ ކޮށް މަޝްރޫޢުތަކުގެ ޓެކްނިކަލް ޑޮކިއުމަންޓްސް ( ޑީޓެއިލް ޑިޒައިން ، ޓެންޑާރ ޑޮކިއުމެންޓްސް ) އަދި ކޮންޓްރެކްޓް ޑޮކިއުމެންޓްސް ރިވިއުކުރުން.

 (ރ) މަޝްރޫއުތައް ހިނގާ ނުހިނގާގޮތް ސުޕަވައިޒްކުރުން.

 (ބ) ޓެކްނިކަލް ރިޕޯރޓްތައް، ކަމާ ގުޅުންހުރި އިދާރާ ތަކާއެކު މަޝްވަރާކޮށް ރިވިއުކުރުން.

 (ޅ) އީޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންސް އާއި އެއްގޮތަށް ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށްގެންދިއުމަށް  މުވައްޒަފުންނަށް ބޭނުންވާ ލަފަޔާ އިރުޝާދު ދިނުން.

 (ކ) ޕްރޮޖެކްޓް ސައިޓައް ޤަވައިދުން ޒިޔާރަތްކޮށް ޕްރޮޖެކްޓް ހިނގާގޮތް ބެލުން.

 (އ) މަޝްރޫއު ހިންގާ ، މޮނީޓަރ ކުރުމުގައި ކުންފުންޔަށް ބޭނުންވާ ފަންނީ ލަފާދިނުން.

 (ވ) ސައިޓް ވިޒިޓާއި ސާރވޭ ދަތުރުތަކުގައި މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.

 (މ) ކުއްލި ހާލަތްތަކުގައާއި އެނޫންވެސް ހާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތްކުރަން ދިއުން.

މަސްޢޫލިއްޔަތު ތައް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

 

މަޤާމުގެ ޝަރުތުރައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  08:00 – 15:00 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2017 އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.

މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

19 ޛުލްޙިއްޖާ  1438

10 ސެޕްޓެމްބަރ 2017

 

10 ސެޕްޓެންބަރު 2017