ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ސާވަރ، ވިންޑޯސް ސާވަރ ލައިސަންސް، ވީއެމްވެއަރ އަދި އެމް.އެސް.އެސް.ކިއު.އެލް ގަތުން
1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 1 ސާވަރ، 2 ވިންޑޯސް ސާވަރ ލައިސަންސް، 2 ވީއެމްވެއަރ އަދި 1 އެމް.އެސް.އެސް.ކިއު.އެލް ގަތުމަށް ބޭނުންވެއެވެ.
2. މި ބިޑާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންގ 17 ސެޕްޓެންބަރު 2017 ވާ އާދީއްތަަ ދުވަހުގެ 11:00 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނާނެއެވެ.
3. ޕްރީ ބިޑް މީޓިންގ އަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސްލް ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.
4. ބިޑް ހުށަހަޅުއްވާ ފަރާތްތަކުން 24 އޯގަސްޓްް 2017 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ބިޑް ހުށަހަޅުއްވަން ވާނެއެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ބޮޑުތަކުރުފާނު މަގު ،
މާލެ 20182،
ދިވެހިރާއްޖެ
5. ބިޑްތައް ހުޅުވުން އޮންނާނީވެސް 24 އޯގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިއޮތޯރިޓީގައި، ބިޑް ހުށަހަޅުއްވަން ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައެވެ.