ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)232-AG/232/2017/19
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 24 ސެޕްޓެންބަރު 2017 13:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

     މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

1-   ހަމަޖެހިފައިވާ އުޖޫރައަކީ މަހަކު -/10،000 ރުފިޔާ (ދިހަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އުޖޫރައެކެވެ.

2-   މުއްދަތު :1 އަހަރު ދުވަސް  )ނަމަވެސް މަސައްކަތް ލިބޭފަރާތުން މުއްދަތު އިތުރު ކޮށްދޭން އެދިއްޖެނަމަ ވޭތުވެދިޔަ 1 އަހަރުގެ މަސައްކަތަށްބަލާ އެއްބަސްވުމުގައިވާ އުސޫލުން އިތުރުކޮށް ދެވޭނެއެވެ.

3-   ޝަރުޠު : ލިޔަންކިޔަން ދަންނަ މީހެއް ކަމުގައިވުން.

4-   ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

5-   މިފަދަކަމެއް ކުރުމަށް ޞިއްޙީ ގޮތުން ޤާބިލްކަން ހުރި މީހެއްކަމުގައިވުން.

6-   ޑިއުޓީގައި ހުންނަވަން ޖެހިވަޑައިގަންނަވާނީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ރަސްމީގަޑި ނިމުމުން ޖެހިގެން އަންނަ ދުވަހުގެ ރަސްމީގަޑި ފެށުމާއި ހަމައަށެވެ.

7-   ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ޑިއުޓީއަށް ނުކުންނަން ޖެހޭނެއެވެ.  ބަޖެޓަށް އަންނަ ބަދަލަކާއި ގުޅިގެން ޑިއުޓީ ގަޑިއާއި އުޖޫރަ އުނިކުރަން ޖެހިއްޖެނަމަ އެކަން ބިޑް ކާމިޔާބުކުރާ ފަރާތަށް އެންގޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 17 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ސެޕްޓެމްބަރ 24 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

10 ސެޕްޓެމްބަރ 2017  

10 ސެޕްޓެންބަރު 2017