މަސައްކަތް
ނަންބަރު: (IUL)258/2017/65
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 20 ސެޕްޓެންބަރު 2017 11:20
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ރައްޔިތު ޢިމާރާތްތައް ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

ހަނިމާދޫ ރައްޔިތު ޢިމާރާތްތައް ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބަލަހާއްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

              ހަނިމާދޫ ޢިޖުތިމާޢީ މަރުކަޒާއި، ފީރޯޒްވިލާއާއި އަދި ހަނިމާދޫ ދޮންވެލި ޢިމާރާތުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުގެ ދެބައިކުޅައެއްބައި ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ 11.20 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ސެޕްޓެމްބަރު 2017 ވާ ބުދަ ދުވަހުގެ 11.20 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

10 ސެޕްޓެންބަރު 2017