މަސައްކަތް
ނަންބަރު: (IUL)258/2017/67
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 24 ސެޕްޓެންބަރު 2017 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ޕޮލިސް ސްޓޭޝަން (ދޮންވެލި 2) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަން (ދޮންވެލި 2) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބެނުންވެއްޖެ.

                   ހދ.ހަނިމާދޫ ޕޮލިސް ސްޓޭޝަން (ދޮންވެލި 2) މަރާމާތުކޮށް ކުލަ ދަވާދު އާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ސެޕްޓެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

             މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ސެޕްޓެންބަރު 2017