ރ. ކިނޮޅަހު ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.
|
މަޤާމު
|
ޑްރައިވަރ
|
މަޤާމުގެ ނަންބަރު
|
J-278169
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެސް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ޑިވިޝަން / ސެކްޝަން
|
އެޑްމިނިސްޓްރޭޝަން
|
މަޤާމު އޮތް އޮފީސް
|
ރ. ކިނޮޅަހު ޞިއްޙީމަރުކަޒު
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ރ. ކިނޮޅަހު ޞިއްޙީމަރުކަޒު
|
މުސާރަ
|
-/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
1000/- ރުފިޔާ
|
އިތުރު އިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސާރވިސްގެ ޤަވައިދުގައިވާ ގޮތުގެ މަތީން މަސައްކަތައް ނިކުންނަ ކޮންމެ ދުވަހަކަށް ހަމޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ޑިޔުޓީގަޑީގައި އަދި އޮންކޯލް ވަގުތުތަކުގައި އެމްބިލަންސްގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވާންޖެހިއްޖެ ހާލަތެއްގައި އެހީތެރިވުން.
- އެމްބިއުލަންސްގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުން
- ވެހިކަލްގައި ކުރެވޭ ދަތުރުތަކުގެ ލޮގް ލިޔެ ފޮތް ބެލެހެއްޓުން.
- އެމްބިއުލަންސްގެ ދަތުރުތަކަށް ބޭނުންވާ ތެޔޮ އަދި އެހެނިހެން ތަކެތި ކަމާއިބެހޭ މުވައްޒަފަކާއި ގުޅިގެން ހޯދުން
- އެމްބިއުލަންސްގައި ކުރަންޖެހޭ މަރާމާތުކުރުމާއި އިތުރަށް މަރާމާތުކުރުމަށް އެހީ ބޭނުންވާ ހިނދު ކަމާބެހޭ ބޭފުޅަކަށް ދަންނަވައިގެން ކުރުން
- މަރުކަޒު އޮފީހުން ކުރާ ޚާއްސަ ކަންތައްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
|
މަޤާމުގެ ޝަރުތުތައް
|
މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީން ޤަބޫލުކުރާ B1 ކެޓަގަރީގެ ލައިސެންސް ހާސިލްކޮށްފައިވުމާއިއެކު، ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
4. ޖިސްމާނީ ގާބިލުކަން ހުރި މިންވަރާއި ނަފްސާނީ ގާބިލުކަން ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mvއިން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 18 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ރ. ކިނޮޅަހު ޞިއްޙީމަރުކަޒުގެ އޮފީހަށެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2017 ސެޕްޓެންބަރު 20 އާއި 2017 ސެޕްޓެންބަރު 28 އާ ދެމެދު ރ. ކިނޮޅަހު ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
%25(ފަންސަވީސް އިންސައްތަ)
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580401 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
|