ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2017/148
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 14 ސެޕްޓެންބަރު 2017 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ

ވަޒީފާގެ ފުރުޞަތު

މިކުންފުނިން ހިންގާ ތިރީގައި މިދަންނަވާ އިންޖީނުގެތަކުގައި ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ.

މަޤާމް:

ލޭބަރ

ދާއިރާ:

  • ކ.ކާށިދޫ އިންޖީނުގެ
  • ކ.ދިއްފުށި އިންޖީނުގެ
  • ވ.ކެޔޮދޫ އިންޖީނުގެ
  • ވ.ފުލިދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01 ( ކޮންމެ އިންޖީނުގެއަކަށް މުވައްޒަފެއް )

މުސާރަ:

-/3,500ރ (ތިންހާސް ފަސްސަތޭކަ ރުފިޔާ)

ފިކްސްޑް އެލަވަންސް:

-/1,500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން
  • މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން

މައިގަޑު މަސައްކަތް:

  • އޮފީސް އިމާރާތް ކުނި ކަހާ ފޮޅާ ސާފުކުރުމާއި ކުނިއުކާލުން.
  • ހެޑް އޮފީހުން އިންޖީނުގެއަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީ އިން ނެގުމާއި އިންޖީނުގެ އިން ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީއަށް ލުން.
  • އިންޖީނުގޭގެ އޮފީސް އިމާރާތުގެ ފާޙާނާތައް ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

14 ސެޕްޓެމްބަރު 2017 ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ހޮވުމުގައި އަންހެން ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަތީގައިވާ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓެމްބަރު 2017ގެ ކުރިން ވަޒީފާއަށް އެދި ސިޓީއާއިއެކު އައިޑީ ކާޑުގެ ކޮޕީ އަދި އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އެރަށެއްގެ އިންޖީނުގެ އަށް ހުށަހެޅުއްވުން އެދެމެވެ.

 

                        16  ޛުލްޙިއްޖާ 1438

                        07 ސެޕްޓެމްބަރ 2017      

07 ސެޕްޓެންބަރު 2017