މަސައްކަތް
ނަންބަރު: (IUL)TAH-A/INDIV/2017/03
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 18 ސެޕްޓެންބަރު 2017 13:00
ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅާސާފުކުރުމާ ގުޅޭ

`

 

ތ. އަތޮޅުހޮސްޕިޓަލް

 

ނަންބަރު: (IUL)TAH-A/INDIV/2017/3    

 ތ. ވޭމަންޑޫ، ދިވެހިރާއްޖެ

އިޢުލާން

 

ތ. އަތޮޅުހޮސްޕިޓަލްގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ މަގުމަތީ ސަރަހައްދު ފޮޅާސާފުކުރުން.

   މިހޮސްޕިޓަލް ފޮޅާސާފްކުރުމުގެ މަސައްކަތްތައް މުވައްޒަފުންލައިގެން ކުރާގޮތަށް ހެލްތް މިނިސްޓްރީން ނިންމުމާއި ގުޅިގެން މިހޮސްޕިޓަލްގެ ނަންބަރ:(IUL)TAH-A/INDIV/2016/6 އިޢުލާން ބާތިލްކޮށް އަލުން ތ. އަތޮޅު ހޮސްޕިޓަލްގެ ގޯތިތެރެއާއި ހޮސްޕިޓަލްހިމެނޭ ސަރަހައްދު އަމިއްލަ ތަކެތީގައި ކުނިކަހާ، ފޮޅާސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

   ވީމާ މިމަސައްކަތައް ޝައުގުވެރިވާ، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 18 ވާ ހޯމަ ދުވަހު 13:00އަށް މިހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފް ކުރެއްވުމަށް ފަހު އެސްޓިމޭޓް ހުށައެޅުއްވުމަށްޓަކައި 2017 ސެޕްޓެމްބަރ 24 ވާ އާދީއްތަ ދުވަހު 13:00އަށް މިހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

   މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލައެއް ނުގަނެވޭނެއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ގައި ވިޔަފާރި ރަޖިސްޓްރީ ނުކުރާފަރާތް ތަކުގެ އެސްޓިމޭޓްތައްވެސް ބަލައެއް ނުގަނެވޭނެވެ. އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތް ފިޔަވާ އެހެން ފަރާތްތަކުން އެސްޓިމޭޓާއި، މަޢުލޫމާތު ހޯއްދެވުމަށް ޙާޟިރުވާނަމަ އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ފޮނުއްވެވުން އެދެމެވެ.

              07 ސެޕްޓެމްބަރ 2017.

 

 

 

                                          އަހުމަދު ޒަކީ

                                              ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ

07 ސެޕްޓެންބަރު 2017