ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)310-CA/310/2017/29
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 17 ސެޕްޓެންބަރު 2017 12:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރްޞަތު(ޑްރައިވަރު)

އިޢުލާނު

މިއިދާރާގެ ނަންބަރު: (IUL)310-CA/310/2017/27 އިޢުލާނާއި ގުޅިގެން މަޤާމުގެ ޝަރްޠު ފުރިހަމަވާ އެއްވެސް ފަރާތަކުން ޑްރައިވަރުގެ މަޤާމަށް ކުރިމަތި ލައްވާފައި ނުވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރްޞަތު އަލުން ހުޅުވާލަމެވެ.

މަޤާމް:ޑްރައިވަރ

މަޤާމުގެ ނަންބަރު:J-220701

ބޭނުންވާ އަދަދު:1 (އެކެއް)

މަޤާމުގެ ގިންތި:ދާއިމީ

މަޤާމުގެ ރޭންކް:އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:ސަޕޯޓްސްޓާފް ގްރޭޑް 2

ސެކްޝަން:ކޯޕަރޭޓް އެފެއަރޒް

މަޤާމް އޮތް އޮފީސް:މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ، ރ.މީދޫ

މުސާރަ:-/3470 (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ) ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް:-/1000 (އެއްހާސް) ރުފިޔާ (މަހަކު)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ ވެހިކަލް ވޭން އާއި ޕިކަޕު ބެލެހެއްޓުމާއިއޮޕަރޭޓްކުރުމާބެހޭކަންކަން ކުރުން.
  • ވޭން އާއި ޕިކަޕު ދުއްވަންޖެހޭ ހުރިހާ ވަގުތަކު ޤަވާޢިދުން ދުއްވުން،
  • ވޭން އާއި ޕިކަޕަށް ބޭނުންވާ އަޑީތެލާއި، ޑީސަލާއި، ފިލްޓަރުތަކާއި، ކިޓުކުރާ ސާމާނާއި އަދި މިނޫނަސް ވޭން އާއި ޕިކަޕަށް ހޯދަންޖެހޭ ހުރިހާ އެއްޗެއް ހުސްވުމުގެކުރިން ހޯދުމަށް ސްޕަވައިޒަރަށް ރިޕޯޓް ކުރުން،
  • ވޭން އާއި ޕިކަޕުގެ އަހަރީ ފީއާއި ރޯޑުވާދިނަސްގެ މުއްދަތު ހަމަވުމުގެ ކުރީގައި އަލުން އައުކުރުމަށްޓަކައި އެކަން ސްޕަވައިޒަރަށް ރިޕޯޓް ކުރުން
  • ވޭން އާއި ޕިކަޕަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ޙައްލުކުރުމަށް ވަގުތުން އެކަން ސްޕަވައިޒަރަށް ރިޕޯޓް ކުރުން.
  • ވޭން އާއި ޕިކަޕުގެއެތެރެއާއި ބޭރު ސާފުކުރުން.
  • މަދުވެގެން ކޮންމެ މަހަކު 1 ފަހަރު (މަހުގެ މަސައްކަތު އެންމެ ފަހު ހަފުތާ ތެރޭގައި) ވޭން އާއި ޕިކަޕުގެ ކިޓުކުރަން ޖެހޭ ބައިތައް ކިޓުކުރުމާއި، ވެކިއުމްކޮށް ސާފުކުރަންޖެހޭ ބައިތައް ސާފުކުރުމާއި އަދި ތެޔޮލާ ބަލަހައްޓަންޖެހޭ ބައިތަކުގައި ތެޔޮލާ ބެލެހެއްޓުން.
  • ·         ގަރާޖުގެ އެތެރެ ކުނިކަހާ ސާފު ކުރުން.
  1. ކައުންސިލް އިދާރާއަށް ޙާޟިރުކުރަންޖެހޭ ފަރާތްކަށް ހާޒިރުކުރުން.
  2. ކައުންޓަރުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި އިދާރީގޮތުން އެހީތެރިކަން ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް "ބީ1"  އާއި "ސީ 1" ކެޓަގަރީގައި ހިމެނޭ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް/ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން.

ނޯޓު: މަޤާމާ ގުޅޭ ދާއިރާތައް ކަމުގައި ބެލެވޭނީ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިރާއެވެ.

ވަޒީފާއަށްއެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު:
  2. ލިބިފައިވާ މަސައްކަތު ތަޖްރިބާ:
  3. އިންޓަވިއު/ލިބިފައިވާ ހުނަރު:

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާމަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ،އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންwww.csc.gov.mvމި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ސެޕްޓެމްބަރު17ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާއަށެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ18ސެޕްޓެމަބަރ 2017 އާއި25ސެޕްޓެމްބަރ 2017 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:                                                         މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް)  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއެއްގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %25 (ފަންސަވީސް އިންސައްތަ) އަށްވުރެމަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6580020) ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

07 ސެޕްޓެންބަރު 2017