ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)268/2017/36
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 20:13
ސުންގަޑި: 14 ސެޕްޓެންބަރު 2017 13:30
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (މަޤާމް ނަންބަރު: J-290636)

ބޭނުންވާ ޢަދަދު:

މަޤާމުގެ ގިންތި:

01 (އެކެއް)

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް.3 (ޖެނެރަލް ސަރވިސް 3)

އޮފީސް / އިދާރާ:

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް:

ކޯޕަރޭޓް އެފެއާރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ މުސާރައާއި އިނާޔަތްތައް:

-         މުސާރަ : 4,465/- ރުފިޔާ

-         ސާރވިސް އެލަވަންސް: 1,500/- ރުފިޔާ

-         ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެންދެވޭ އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެއިން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

1 .ކައުންސިލް އިދާރާ ހުޅުވާލެއްޕުމުގެ ކަންތައްބެލެހެއްޓުން

 2.ކައުންސިލްގެ ރައީސާއި، ޒިންމާދާރުވެރިޔާއާއި ގުޅިގެން ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކޮށް މެމްބަރުންނާއި ޙަވާލުކުރުމާއި،ކައުންސިލް ޖަލްސާތަކުގެ ޔައުމިއްޔާ ، ކައުންސިލް އިދާރާގެ ރަސްމީ  ޔައުމިއްޔާ އަދި ބްރީފިން ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

3. ކައުންސިލުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

4. ކައުންސިލުން ބާއްވާ އެކިއެކި ބައްދަލުވުންތައް އިންތިޒާމްކޮށްބެލެހެއްޓުން.

5. އިދާރާގެ ލިޔުންތައް ފައިލްކޮށްބެލެހެއްޓުން.

6. ބޭންކު ދަތުރުތަކުގައި ޗެކުންފައިސާ ނަގާ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށް ބޭންކަށް ފޮނުވުން.

7. ކައުންސިލް އިދާރާއަށް ބޭރުންލިބޭ ތަކެތި ބަލައިގަނެ، އެތަކެތި ހުޅުވައި ޖެމްސްގައި އެންޓްރީ ކުރުމާއި ޖެމްސްއިން ލިބޭތަކެތި ޖެމްސްގައި އެންޓްރީ ކުރުމާއި،އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

8.އިޖްތިމާޢީ ރައްކާތެރިކަމާއި،ޢާންމު ހާލަތާބެހޭ އެންމެހައި ކަންތައް ބެލެހެއްޓުން

9.ޕްރީސްކޫލްގެ ކަންތަކާއި،ބޮޑެތިމީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމަށްރާވާ ޕްރޮގްރާމްތަކުގައި އިދާރީގޮތުން އެހީތެރިވުން.

10.ޤާނޫނާއި ޚިލާފަށް ހިންގާ ކަންތަކުގައި އިދާރީގޮތުން ބަދަލުކުރަންޖެހޭ ލިޔެކިޔުން ބަދަލުކުރުން.

11.ކުޅިވަރާއި މުނިފޫހި ފިލުވުމަށް ހިންގާ އެންމެހާ ކަންތަކުގެ ހުއްދައިގެ ކަންތައް ކައުންސިލުން އަންގާގޮތެއްގެ މަތިން ދޫކުރުން.

12.ކައުންސިލް އިދާރާގެ އިންވެންޓްރީއާއި ސްޓޮކްބެލެހެއްޓުން.

13.ކުލަބު،ޖަމްޢިއްޔާ،ޖަމާޢަތްފަދަ ތަންތަނާއި ބެހޭ ކަންތައް ބެލެހެއްޓުމާއި ކުށުގެ ރެކޯޑްބެލެހެއްޓުން.

14.ކަސްޓަމްސް ކުލިއަރެންސާއިބެހޭ ކަންތައް ބެލެހެއްޓުމާއިބިދޭސީންނާއި ބެހޭ ކަންތައް ބެލެހެއްޓުން.

15. ކޯޓާއި ކައުންސިލް އިދާރާއަށް ނުވަތަ އެހެން އިދާރާއަކަށް ޙާޟިރުކުރަންޖެހޭ މީހުންގެކަންތައްބެލެހެއްޓުން.

16. ދަނޑުވެރިކަމާބެހޭއެންމެހާ ކަންތައްބެލެހެއްޓުން.

17. މިނޫނަސް ކައުންސިލުގެ މަސައްކަތްތަކާގުޅިގެން ކުރަންޖެހޭ އެންމެހާމަސައްކަތްކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތި ލައްވާ، މަޤާމު ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް އިންޓަވިއު އާއި އިމްތިހާނު ކުރުން އޮންނާނީ 2017 ސެޕްޓެމްބަރ 14 ން ފެށިގެން 05 ދުވަސް ތެރޭގައި ހދ.ނޭކުރެންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

14 ސެޕްޓެމްބަރ 2017 (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރީން، ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯމުން، ހދ. ނޭކުރެންދޫ ކައުންސިލްގެ އިދާރާ އަށް

އިތުރު މަޢުލޫމާތު:

 

އިތުރު މަޢުލޫމާތު ހޯދުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު 6520042 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6520042 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ/ ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ހަދާފައިވާކަމުގެ ސެޓްފިކެޓްގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތްތައް ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"
06 ސެޕްޓެންބަރު 2017