ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-H3(PU)/IUL/2017/106
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 11 ސެޕްޓެންބަރު 2017 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
60 ޕީވީސީ ޕައިޕް އަދި 40 ޕީވީސީ ޖޮއިންޓް ގަތުން

  1. މިސަރވިސްގެ ބޭނުމަށް ތިރީގައި މި ދަންނަވާ ތަކެތި ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރު 102  171-H3(PU)/IUL/2017/ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މި ތަކެއްޗަށް  ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

Item Description

QTY

#

  (Medium pressure)  PVC pipe'6   

60

1

   PVC joint'6   

40

2

  2.ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ސެޕްޓެމްބަރ 7  ވާ ބުރާސްފަތި  ދުވަހުން ފެށިގެން 2017 ސެޕްޓެމްބަރ 11 ވާ ހޯމަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 50/-ރ ( ފަންސާސް ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

  3.މި ޕްރޮޖެކްޓްގެ ބިޑް ޑޮކިއުމަންޓްސް ކުރިން ބައްލަވައިގެންފައިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްސް އަލުން ގަންނަވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑަށް އަލުން ނަން ނޯޓް ކުރައްވަން ވާނެއެވެ.

  4.މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ 10:00  ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން

އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2017 ސެޕްޓެމްބަރ 18 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

  5. ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް  ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

06 ސެޕްޓެންބަރު 2017