މަސައްކަތް
ނަންބަރު: (IUL)13-E/13/2017/141
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 18 ސެޕްޓެންބަރު 2017 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

 

މި މިނިސްޓްރީގެ ފަރާތުން ބަޖެޓުގައިވާ މައުލޫމާތު ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭގޮތަށް ހެދުމުގެ ބޭނުމުގައި 2018 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށާއި ބަޖެޓު ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަންގެ ޑިޒައިން އިންފޯގްރަފީއާ ގުޅޭ ގޮތަށް ބަދަލުކުރުމަށް ބޭނުންވެއެވެ. ވީމާ، އެކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2017 ސެޕްޓެންބަރު 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ފިސްކަލް އެފެއަރޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349445

އީމެއިލް އެޑްރެސް: [email protected]

06 ސެޕްޓެންބަރު 2017