ވަޒީފާގެ ފުރުޞަތު
ނަންބަރު: 198A/2017/64
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 14 ސެޕްޓެންބަރު 2017 14:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

ނަންބަރު:  198A/2017/64

ތާރީޚް: 05 ސެޕްޓެމްބަރ 2017

މަޤާމު

 އޮފީސް އެސިސްޓެންޓް

ރޭންކް: އެސް.އެސް 1

ޢަދަދު

 01

މަސައްކަތްކުރަންޖެހޭ ތަން

 ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

 -/3,470 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %35

- ސަރވިސް އެލަވަންސް: -/1,000

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

އަސާސީ ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއިއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް، ލައިސަނެއް، ސަނަދެއް ނުވަތަ ހުއްދައެއް ހާޞިލްކޮށްފައިވުން.
  2. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު އެސް.އެސް 1 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔުންތަކާއި، ޗިޓްތަށް ރައްދުކުރުމުގެ މަސައްކަތްކުރުން އަދި ޙަވާލުނުކުރެވޭ ޗިޓްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތަށް ކަމާގުޅޭ މުވައްޒަފުންނާ ހިއްޞާކުރުން.
  • ކޯޓުން އެކިރަށްރަށަށް ފޮނުވާ ތަކެތި ޕާރސަލްކޮށް، ބޯޓުތަކަށް ގެންގޮސް އެތަކެތި ފޮނުވުމުގެ މަސައްކަތްކުރުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި އަދި އެހެނިހެން ފަރާތްތަކުންވެސް ކޯޓަށް ފޮނުވާ ތަކެތި ބޯޓަށް ބަލާގޮސް އެތަކެއްޗާ ޙަވާލުވުމާއި އަދި އެތަކެތި ކޯޓަށް ގެނައުމުގެ މަސައްކަތްކުރުން.
  • ކޯޓަށް ގެނެވޭ ފަރުނީޗަރުފަދަ ތަކެތި ގެނެސް ރޭވުމުގެ މަސައްކަތްކުރުން.
  • ރަސްމީ ބޭނުމަށް ކޯޓުގައި ގެންގުޅޭ ސައިކަލް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  • ކޯޓުގެ އިދާރާތެރެ ކޯޓުން އަންގާ ތާވަލަކާ އެއްގޮތަށް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  • ކޯޓުގެ ދިދަނެގުމާއި ދިދަބޭލުމުގެ މަސައްކަތް ކުރަންޖެހޭ ހާލަތެއްގައި ކުރުން.
  • ކޯޓުގެ މެއިންޓެނެންސާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންތައް ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންތައް ހައްލުކުރުމުގެ މަސައްކަތް ވެރިންގެ މަޝްވަރާގެ މަތިން ކުރުން.
  • އިދާރީ ގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.

ހުށަހަޅަންޖެހޭ ތަކެތި

1-  ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް

2-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4-  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-  އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2017 ސެޕްޓެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ  14:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • ރީތިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
05 ސެޕްޓެންބަރު 2017