ވަޒީފާގެ ފުރުޞަތު
ނަންބަރު: 198A/2017/67
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 14 ސެޕްޓެންބަރު 2017 14:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހައުސްކީޕަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2017/67

ތާރީޚް: 05 ސެޕްޓެމްބަރ 2017

މަޤާމު

 ހައުސްކީޕަރ

ރޭންކް: އެސް.އެސް 1

ޢަދަދު

 01

މަސައްކަތްކުރަންޖެހޭ ތަން

 ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

 -/3,100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-  ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %25

-  ސަރވިސް އެލަވަންސް: -/1,000

-  ލިވިންގ އެލަވަންސް: -/2,550

-  ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

އަސާސީ ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއު އިން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ކޯޓާއި ކޯޓު ހިމެނޭ ސަރަހައްދު ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، ކޯޓުން އުކާލަންޖެހޭ ކުނިތައް އުކާލުމާއި، ކޯޓުގެ ފާޚާނާތަކާއި، ސައިކޮޓަރިފަދަ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔުންތަކާއި، ޗިޓްތަށް ރައްދުކުރުމުގެ މަސައްކަތްކުރުން އަދި ޙަވާލުނުކުރެވޭ ޗިޓްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތަށް ކަމާގުޅޭ މުވައްޒަފުންނާ ހިއްޞާކުރުން.
  • ކޯޓުން އެކިރަށްރަށަށް ފޮނުވާ ތަކެތި ޕާރސަލްކޮށް، ބޯޓުތަކަށް ގެންގޮސް އެތަކެތި ފޮނުވުމުގެ މަސައްކަތްކުރުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި އަދި އެހެނިހެން ފަރާތްތަކުންވެސް ކޯޓަށް ފޮނުވާ ތަކެތި ބޯޓަށް ބަލާގޮސް އެތަކެއްޗާ ޙަވާލުވުމާއި އަދި އެތަކެތި ކޯޓަށް ގެނައުމުގެ މަސައްކަތްކުރުން.
  • ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމުގައި އެހީތެރިވުން.
  • އިދާރީ ގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2017 ސެޕްޓެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ  14:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު އަދި ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭނެފަދަ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ރީތިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
05 ސެޕްޓެންބަރު 2017