ތަމްރީނު
ނަންބަރު: (IUL)30-F/30/2017/122
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 13 ސެޕްޓެންބަރު 2017 00:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންޓާންޝިޕް ފުރުސަތު

މިމިނިސްޓްރީގެ ނަމްބަރު (IUL)30-F/30/2017/77) އިއުލާނާ ގުޅިގެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަމަލީ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރު ކުރުމާއި އަމަލީ ތަޖުރިބާ ހާސިލް ކުރުމަށް ހުޅުވާލި ފުރުސަތައް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހޮވުނު 1 ބޭފުޅެއްގެ ޖާގަ މިހާރު ހުސްވެފައިވާތީ، އެ ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ.

 

  • މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް
  • ފުރުސަތު ދެވޭނެ ބައިވެރިންގެ އަދަދު: 1
  • އިނާޔަތްތައް: މަހަކު -/2000 ރުފިޔާގެ އެލަވަންސް، ދަތުރުފަތުރުގެ ޚަރަދު އަދި ހުރުމާއި ކެއުމުގެ ޚަރަދުތައް ބަލަހައްޓާނީ މިނިސްޓްރީގެ ފަރާތުން. (ނޯޓް: މިނިސްޓްރީގެ ފަރާތުން ހުރުމާއި ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނީ ހަމައެކަނި ހަނިމާދޫ ނޫން އެހެން ރަށްރަށުން ވަޑައިގަންނަވާ ފަރާތްތަކަށް)

 

ޝަރުުތު:

  • އަސާސީ ތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން
  • އަމަލީ މައިދާނުގައި މަސައްކަތް ކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.
  • 6 މަސް ދުވަހުގެ މުއްދަތައް ހަނިމާދޫގައި ސްޓޭޝަންވެ ހުންނެވޭނެ  ފަރާތަަކަށްވުން.
  • މިނިސްޓްރީއާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކޮށް މަަސައްކަތް ކުރައްވާނެ ފަރާތެއް ކަމުގައިވުން.

އިތުރު މައުލޫމާތު:

އިތުރު މައުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރު 3339232، 3339207 އަދި 3339264 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ)

ތައުލީމީ ސެޓްފިކެޓެއް ލިބިފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދާ އައިޑީ ކާޑުގެ ކޮޕީ

ސުންގަޑި: 14 ސެޕްޓެމްބަރު 2017 ގެ ކުރިން

05 ސެޕްޓެންބަރު 2017