މުބާރާތް
ނަންބަރު: (IUL)299/299/2017/26
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި: 14 ސެޕްޓެންބަރު 2017 14:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫ ކައުންސިލް ޤުރުއާން މުބާރާތް

އިޢުލާން

ވާދޫ ކައުންސިލް ޤުރުއާން މުބާރާތް

 

ވާދޫ ރައްޔިތުންނަކީ ޤުރުއާން ކިޔެވުމަށް ލޯބިކުރާ އަދި، ތަޖުވީދުމަގަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ބަޔަކަށް ހެދުމަށް ހިއްވަރުދިނުމުގެ ގޮތުން ރ. އަތޮޅު ޤުރުއާން މުބާރާތުގައި ވާދޫ ތަމްސީލު ކުރާނެ ބައިވެރިން ހޯދުމުގެ ނިޔަތުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ވާދަކުރާ ކޮންމެ ކެޓަގަރީއަކުން އެއްވަނައަށްދާ ފަރާތަކަށް، ނޮވެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރ. އަތޮޅު ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.

ތިރީގައި އެވަނީ މިމުބާރާތުގައި ވާދަކުރުމަށް ހުޅުވާލެވިފައިވާ ކެޓަގަރީތަކެވެ.

  • ފޮތުން ކިއުން: ވިދިވިދިގެން 10 ފޮތް، ތަޖްވީދުގެ ހަމަތަކުގެ މަތީން
  • ފޮތުން ކިއުން: ވިދިވިދިގެން 20 ފޮތް، ތަޖްވީދުގެ ހަމަތަކުގެ މަތީން
  • ފޮތުން ކިއުން: މުޅި ޤުރުއާން، ތަޖްވީދުގެ ހަމަތަކުގެ މަތީން
  • ހިތުން ކިއުން: ވިދިވިދިގެން 5 ފޮތް، ތަޖްވީދުގެ ހަމަތަކުގެ މަތީން
  • ހިތުން ކިއުން: ވިދިވިދިގެން 10 ފޮތް، ތަޖްވީދުގެ ހަމަތަކުގެ މަތީން
  • ހިތުން ކިއުން: ވިދިވިދިގެން 15 ފޮތް، ތަޖްވީދުގެ ހަމަތަކުގެ މަތީން

މިމުބާރާތުގައި ބައިވެރިވެވޭނީ ރ. ވާދޫގައި ރައްވެހިވެހިންގެ އިތުރުން، އަދި މުބާރާތް ބާއްވާ ތާރީހާއި ހަމައަށް ވާދޫގައި މެދުނުކެނޑި ދިރިއުޅޭތާ މަދުވެގެން އެއްއަހަރު ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ވާދޫ ކައުންސިލްގެ އިދާރާއިންނާއި، ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580074 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.

 

30 އޮގަސްޓް 2017