ދިވެހިރާއްޖެ
ޢިޢުލާން
ފުރުޞަތު ހުޅުވާލަމެވެ. އިއުލާން ބާޠިލްކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ H5-SM/2017/004(IUL)މި ޞިއްޙީމަރުކަޒުގެ ނަމްބަރު:
މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.
މަޤާމ |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމްގެ ނަމްބަރ |
J-253997 |
ބޭނުންވާ ޢަދަދ |
(އެކެއް)01 |
މަޤާމްގެ ގިންތި |
ދާއިމީ |
މަޤާމްގެ ރޭންކް |
ޖީއެސް 3 |
މަޤާމްގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
ޑިވިޝަން / ސެކްޝަން |
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް |
މަޤާމް އޮތް އޮފީސް |
ކ. ހުރާ ސިއްޙީމަރުކަޒް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ކ. ހުރާ ސިއްޙީމަރުކަޒު |
މުސާރަ |
/4465 ރުފިޔ |
ސަރވިސް އެލަވަންސް |
-/1500 ރުފިޔާ |
އިތުރު އިނާޔަތްތައް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަނޑީގެ ފައިސާ 4. މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލެވެންސް |
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތަށް |
1. ރަސްމީގަޑީގައި އޮފީސް ހުޅުވުމާއި ލެއްޕުން. އަދި ނުރަސްމީ ގަނޑީގައި އޮފީސް ހުޅުވަންޖެހޭ ޙާލަތްތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު ހުޅުވާ ލެއްޕުން. 2. ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުމާއި ޤަވަޢިދުން އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުން. 3. މުވައްޒަފުންގެ ޙާޟިރީ ކަންތައްތައް ބެލެހެއްޓުން. 4. ކޮންމެ ދުވަހަކު ޔައުމިއްޔާ ލިޔުން. 5. ހުރިހާ މުވައްޒަފުންގެ ފައިލްތަށް ބެލެހެއްޓުން. 6. މުވައްޒަފުންނަށް އަންގަންޖެހޭ ލިޔުންތައް އިސްވެރިޔާގެ ލަފާގެ މަތިންއެންގުމާއި،ވަޒީފާ އަދާކުރުމުގައި ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތަށް އިސްވެރިޔާގެ ލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން. 7. އަތޮޅުގެ ރަށްރަށަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް އިސްވެރިޔާގެ ލަފާގެ މަތިން ވަގުތުން ވަގުތަށް ފޮނުވުން. 8. ޞިއްޙީމަރުކަޒަށް އިތުރުކޮށް ދެއްވާ މަޤާމް ތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ކުރުމާއި މިކަމާއި ގުޅިގެން އެމަޤާމް ތަކަށް ސިޓީލާ ފަރާތް ތަކުން ހުށަހަޅާ ލިޔެކިއުންތައް ކަމާބެހޭ ފަރާތަށް ފޮނުވުން. 9. ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ ކަންތައްތައް ކުރުން. 10. ޞިއްޙީމަރުކަޒުން މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްބަލައި އެކަންކުރެވޭނެ އިންތިޒާމް އިސްވެރިޔާގެ ލަފާގެ މަތިން ހަމަޖައްސައި ދިނުން. 11. ސްޓޮކް ބެލެހެއްޓުމުގައި މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް މަސައްކަތް ކުރުން. 12. ޙާޟިރީ ރިޕޯރޓް ތަށްޔާރުކުރުމާއި ދުވަހުން ދުވަހަށް ފޮނުވަން ޖެހޭ ފަރާތް ތަކަށް ފޮނުވުން. 13. ބަޖެޓް މަސައްކަތް ކުރުމުގައި އެހީތެރިވެ ދިނުން. 14. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްތަށް ދިވެހި ސިވިލްސަރވިސްގެ ޤަވާޢިދާ އެއްގޮތަށް ކުރުން. 15. ޢާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމާތުތަކާއި ޤަވަޢިދުތައް ޢާންމުންނަށް ފެންނާނެހެން ޞިއްޙީމަރުކަޒުގެ ނޯޓިސްބޯރޑްގައި ބެހެއްޓުމަށް ލަފާދީ އެކަން ކުރިއަށް ދާގޮތް ބެލުން. 16. އަދި މީގެއިތުރަށް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
މަޤާމްގެ ޝަރުތުތައް |
ނުވަތަ
2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކުރަށްވާ ފައިވާ ވަޒީފާއަށް އެދޭ ފޯމް 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް ) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ވަޒީފާއަދާކުރާއޮފީހުގެ ލިޔުން. 5. ލިބިފައިވާ ތަޢުލީމީސެޓްފިކެޓް ތަކުގެ ކޮޕީ. (ހ) މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވައިފައިވާ ސެޓުފިކެޓުތަކާއި ، ރާއްޖެއިންބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވައިފައިވާ ސެޓްފިކެޓްތަށް ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިއުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވައިފައިވާ ލިއުމުގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީ (ނ) ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ 7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައި ދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފަ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
ހުށަހަޅަންޖެހޭ ލިޔުންތައް |
ވަޒީފައަށް އެދޭ ފޯމް ކ.ހުރާ ސިއްހީމަރުކަޒުގެ އޮފީސް އިމާރާތުން ލިބެން ހުންނަނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ސެޕްޓެމްބަރ2017 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން ހުރާޞިއްޙިމަރުކަޒުގެ އޮފީސް އިމާރާތަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު : |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިޔު އޮންނާނީ، 2017 ސެޕްޓެމްބަރ 19 އާއި 2017 އޮކްޓޯބަރ 02އާ ދެމެދު ކ.ހުރާ ޞިއްޙީމަރުކަޒުގައެވެ.ވުމާއެކު މިވަޒީފައަށް ކުރިމަތިލަ ފަރާތް ތަކުން، އެތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތަށްޔާރުވެގެން ތިބުން އެދެމެވެ |
ޝޯޓް ލިސްޓް ކުރުން. |
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޡު ހަމަވާ ފަރާތްތަކުގެ ޢަދަދު 10އަށްވުރެ ގިނަ ނަމަ ތަޢުލީމީފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 10ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
މޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
%30 |
އިތުރު މަޢުލޫމާތް |
މިއިޢުލާން އާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ 6640412 ނަންބަރު ފޯނަށެވެ. [email protected]އީމެއިލް އެޑްރެހަކީ
|
30 އޮގަސްޓް 2017
08 ޒުލްހިއްޖާ 1438