ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2017/16
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 14 ސެޕްޓެންބަރު 2017 13:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

        

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

30 އޮގަސްޓު 2017

ނަންބަރު

(IUL)168-CA/1/2017/16

ރިސަރޗް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓް

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު 13,650/- ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

- ފޯނު އެލަވަންސް: 500/- ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން މާސްޓަރސް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 9 ވަނަ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  ނުވަތަ،
  2. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު

1-      ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތައް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގައި، އެ ދިރާސާތަކުގެ ރިޕޯޓުތައް އެކުލަވާލައި އަދި އެ ރިޕޯޓުތައް ޢާއްމުކުރުމުގެ ގޮތުން ޑިޕާޓްމަންޓުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުން

2-      ދިރާސާކުރުމުގެ ތެރޭގައި ކަމާގުޅުންހުރި ލިޔެކިޔުންތައް މުޠާލިޢާކުރުމާއި، މަޢުލޫމާތު ހޯދުމުގެ ގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔުމާއި، ރިޕޯޓުތައް ކޮމިޝަނުން ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

3-      ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތަކުގެ ތެރެއިން ކަމާބެހޭ މާހިރުންގެ ފަރާތުން މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ ކަމާބެހޭ މާހިރުންނާ އެކު އެއަތޮޅުތަކަށް ޒިޔާރަތްކުރުމާއި، އެ ޒިޔާރަތްތަކުގެ އިންތިޒާމް ހަމަޖެއްސުމާއި، ކަމާބެހޭ މާހިރުން ދިރާސާގެ ރިޕޯޓުތައް ފޮނުވުމުން ކޮމިޝަނުގެ ފަރާތުން އެ ރިޕޯޓުތަކަށް ކޮމެންޓްކުރުމާއި، ކޮމިޝަނުން ރިޕޯޓުތައް ފާސްކުރުމަށާއި ރިޕޯޓުތައް ޢާއްމުކުރުމުގެ ގޮތުން ޑިޕާޓްމަންޓުން ކުރަންޖެހޭ ކަންތައްތައް ކުރުން. އެގޮތުން ކަމާބެހޭ މާހިރުން ލައްވާ ކުރުވާ ދިރާސާތަކުގައި އެ މާހިރުންނަކީ ރާއްޖެއިންބޭރުގެ މާހިރެއްނަމަ ކަމާގުޅުންހުރި ލިޔުންތައް މުޠާލިޢާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެއްވެސް ލިޔެކިޔުމެއް ތަރުޖަމާކުރަންޖެހޭނަމަ އެ ލިޔުންތައް ތަރުޖަމާކުރާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދީ އެ މުވައްޒަފުންނަށް ލަފައާއި އިރުޝާދު ދިނުން

4-      ކަމާބެހޭ މާހިރުންގެ ރިޕޯޓުތައް ކޮމިޝަނުން ފާސްކުރުމުން އެ ރިޕޯޓުތައް ދިވެހިބަހަށް ތަރުޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގައާއި ދިވެހި ރިޕޯޓުތައް ޑިޕާޓްމަންޓް ލެވެލްގައި ފާސްކުރުމުގެ މަސައްކަތްކުރުން

5-      ކޮމިޝަނުންކުރާ އެންމެހާ މުޢާމަލާތްތަކުގައި ދިރާސާގެ ހޯދުންތަކާ ގުޅޭގޮތުން ހިންގަންޖެހޭ އެންމެހާ މުޢާމަލާތްތައް ހިންގުން

6-      އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކާގުޅިގެން ކޮމިޝަނުން ހަދަން ނިންމާ ރިވިއުތައް ހެދުމުގެ މަސައްކަތްކުރުން

7-      ދިވެހިރާއްޖޭގެ ޙާލަތާގުޅުވައިގެން އެކިއެކި ފަރާތްތަކުން ތައްޔާރުކުރާ ރިޕޯޓުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާ ގުޅުންހުރި ރިޕޯޓުތައް އެނަލައިޒްކޮށް އެ ރިޕޯޓުތަކުގައި ހިމެނޭ ކަންތައްތަކާ ގުޅިގެން ކޮމިޝަނުން މޮނިޓަރކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން.

8-      ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުއާހަދާތައް ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމުގެ ގޮތުން ކުރެވޭ އެންމެހާ މަސައްކަތްތައްކުރުން

9-      ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުއާހަދާތަކާ ގުޅިގެން ކޮމިޝަނުން ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ފޮނުވުން

10- އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ނިޒާމަށް ކޮމިޝަނުން ފޮނުވަން ޖެހޭ ރިޕޯޓްތައް ޤަވައިދުން ފޮނުވުން

11- ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި އެ މައުލޫމާތު ކޮމިޝަނާ ހިއްސާކުރުން

12- އިންސާނީ ޙައްޤުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކޮމިޝަނުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާ ހުށަހެޅުންތައް ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމާއި އެމައުލޫމާތު ކޮމިޝަނާ ހިއްސާކުރުން

13-  ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން،

14-  އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި  ބައިވެރިވުން.

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މަޤާމު:

ހިއުމަން ރިސޯސަސް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

1-      ކޮމިޝަންގެ މުވައްޒަފުން އިންސާނީ ހައްޤުތަކަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީން ޕްރޮގްރާމްތައް ހިންގުން.

2-      މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމަށް މުވައްޒަފުން އަހުލުވެރިކުރަން ކުރަންޖެހޭ މަސައްކަތްތައްކޮށް، މިނިޒާމް ހަރުދަނާކޮށް، މި ނިޒާމްގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ސީނިއަރ ހިއުމަން ރިސޯސް އޮފިސަރަށް އެހީތެރިކަން ފޯރުކޮށްދިނުން.

3-      ކޮމިޝަނުގެ މުވައްޒަފުންނަށް މަސައްކަތުގައި ދިމާވާ މައްސަލަތައް ހުށަހެޅުމުގެ ނިޒާމް (ގްރީވަންސް މެކޭނިޒަމް)ގެ އެންމެހައި މަސައްކަތް ޑިރެކްޓަރުގެ ލަފާގެމަތިން ކުރިއަށް ގެންދިއުން.

4-      ކޮމިޝަނަށްލިބޭ އެކިއެކި ޓްރޭނިންގ ޕްރޮގްރާމްތަކަށް މުވައްޒަފުން ހޮވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5-      ކޮންމެ 3 އަހަރުން 1 އަހަރު މުވައްޒަފުންގެ ކެޕޭސިޓީ ޑިވަލޮޕްމަންޓް ޕްލޭން އެކުލަވާލުމުގައި ސީނިއަރ ހިއުމަން ރިސޯސް އޮފިސަރަށް އެހީތެރިވުން.

6-      ކޮމިޝަނުން މުވައްޒަފުން ބިނާކުރުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކަށްފަހު، އެ މުވައްޒަފެއް ނުވަތަ މުވަޒަފުން ކޮމިޝަންގެ މަސްޢޫލިއަތުތައް އަދާކުރުމަށް ބޭނުންހިފިދާނެ ގޮތްތައް ރާވައި، ދޭންޖެހޭ ލަފައާއި އިރުޝާދު ކޮމިޝަނަށް ދިނުމަށް ޑިރެކްޓަރާއި ސެކްރެޓަރީ ޖެނެރަލްއަށް އެހީތެރިވެދިނުން.

7-      މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޛުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8-      ކޮމިޝަނުން ވަޒީފާގެ ފުރުޞަތުތައް ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމާއި، ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓް ލިސްޓްކޮށް، އިންޓަރވިއުކުރުމަށް ތައްޔާރުކުރަންޖެހޭ ފޯރމްތައް ތައްޔާރުކުރުމާއި އެއްކުރަންޖެހޭ މަޢުލޫމާތުތައް އެއްކުރުމާއި، މަޤާމްތަކަށް ތައްޔާރުކުރާ ސުވާލުކަރުދާސްތައް އެމަޤާމާ ގުޅުންހުރި ޑިޕާރޓްމަންޓުން ތައްޔާރުކުރުވުމާއި މުވައްޒަފުން ރެކްރޫޓްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

9-      މުވައްޒަފުންނާ ބެހޭ މަޢުލޫމާތު ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކޮށް ހިއުމަން ރިސޯސް ސިސްޓަމް ބެލެހެއްޓުން.

10-  އެކި ކަންތައްތަކާ ގުޅިގެން މުވައްޒަފުންނަށް ދޭންޖެހޭ ނަސޭހަތާއި އިންޒާރުގެ ރެކޯޑްތައް ބެލެހެއްޓުން.

11-  މުވައްޒަފުންނާ ގުޅުންހުރި އެކިއެކި ޕޮލިސީތައް އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވެ ދޭންޖެހޭ ލަފައާއި އިރުޝާދުދިނުން

12-  މިނިސްޓްރީ އޮފް ފިނޭންސްއިން ޤާއިމްކޮށްފައިވާ ސެޕް ސިސްޓަމްގައި، މުވައްޒަފުން ސްޓޭޓަސް އަޕްޑޭޓް ކުރުން.

13-  ކޮމިޝަނުގެ މުވައްޒަފުންނަށް ބޭނުންވެގެން ނުވަތަ އެކިއެކި ފަރާތްތަކަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް ޙަވާލުކުރުން.

14-  ސީނިއަރ އެޗް.އާރް އޮފިސަރ ނެތް ޙާލަތްތަކުގައި ކޮމިޝަން މުވައްޒަފުން ޗުއްޓީއަކަށް އެދިއްޖެނަމަ، ޗުއްޓީ އަކީ ޕްލޭންކުރެވިފައިވާ ޗުއްޓީއެއްތޯ ޗެކްކުރުމަށްފަހު، ޗުއްޓީ ޗިޓް ޗެކްކުރުން.  

15-  މުވައްޒަފުންގެ މުސާރަ ހަދާ މުވައްޒަފު/މުވައްޒަފުން ނެތް ހާލަތްތަކުގައި މުވައްޒަފުންގެ މުސާރަ ތައްޔާރު ކުރުމަށްފަހު މުސާރައިގެ ކަންތައް ނިންމަން ކަނޑައަޅާ ތާރީޚަށް ނިންމުން.

16-  މުވައްޒަފުންގެ ރެކޯޑް ފައިލް ބެލެހެއްޓުން

17-  ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން

18-  އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި  ބައިވެރިވުން.

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

މަޤާމު:

އެސިސްޓެންޓް ޕޮލިސީ އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

1-          މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅޭ އެކަށޭނަ ސިޔާސަތުތަކަކީ ކޮބައިތޯބަލާ އެފަދަ ސިޔާސަތުތައް އިތުރަށް ރަގަޅުކުރުމަށް ކުރަންޖެހޭ  ކަންކަން ފާހަގަކުރުން.

2-        ކޮމިޝަނުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލާ އެކަށައެޅުމުގައި އެހީތެރިވުން.

3-        ސަރުކާރުންނާއި އެހެނިހެން އިދާރާތަކުންނާއި ކޮމިޝަނުން އެކުލަވާލާ އިންސާނީ ޙައްޤުތަކާގުޅޭ ސިޔާސަތުތައް ދިރާސާކޮށް، އެފަދަ ސިޔާސަތުތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

4-        ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާ  

     ދައުލަތުގެ ސިޔާސަތުތަކާ ގުޅުންހުރި  މައްސަލަތަކާ ގުޅޭ މަސައްކަތް ޑިޕާޓްމަންޓްގެ  އިސްވެރިޔާގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން.

5-         ދައުލަތުގެ އިދާރާތަކުގައި އަމަލުކުރެވެމުންދާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ހައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތަކެއްތޯ ބެލުމަށް ކޮމިޝަނުގެ ފަރާތުން ރިވިއުކުރުން.

5-        ގާނޫނާއި، ގަވާއިދާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގެ މަރުހަލާގައި ކޮމިޝަނުގެ ހުށަހެޅުން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

6-         ސަރަހައްދީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ދިރާސާކޮށް، މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުން.

7-         ގައުމީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ސެމިނާރުތަކުގައި ބައިވެރިވާން ކޮމިޝަނުން އެދިއްޖެނަމަ މިފަދަ ކަންކަމުގައި ބައިވެރިވުން؛

8-         ކޮމިޝަނުން ކަޑައަޅާފައިވާ ފޯކަލް ގްރޫޕުގެ މަސައްކަތްކުރުމާއި، ބޭއްވޭ ބައްދަލުވުން، އިވެންޓް ތަކުގައި އަމަލީގޮތުން ބައިވެރިވުން

9-         އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުއާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން؛

10-     ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

11-     އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

 

 

އެޑްވޮކަސީ ޑިޕާޓްމަންޓް

މަޤާމު:

ސީނިއަރ އެޑްވަކަސީ އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/11,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،
  2. 2.      މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު) ޙާޞިލުކޮށްފައިވުމާއެކު، މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަސްޢޫލިއްޔަތު:

  1. އިންސާނީ ޙައްޤުތައް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި އެޑްވަކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން ކޮމިޝަންގެ އެހެން ޑިޕާޓްމެންޓްތަކާގުޅިގެން ދެނެގަތުމާއި، އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އެޑްވަކަސީ ކެމްޕެއިންތައް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރުން.
  2. އިންސާނީ ހައްގުތައް ކުރިއެރުވުމަށް އެކި ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރުމާއި އާންމުން ހޭލުންތެރިކުރުމަށް އެކިކަހަލަ އެޑްވަކަސީ މެޓީރިއަލް ތައްޔާރުކުރުމަށް އިސްދައުރެއް އަދާކުރުން.
  3. އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮމިޝަނުން ހިންގާ ޓްރޭނިން ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުން އަދި ޓްރޭނިން ޕްރޮގްރާމް ތަކުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
  4. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

އެޑްވޮކަސީ ޑިޕާޓްމަންޓް

މަޤާމު:

އެޑިޔުކޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަސްޢޫލިއްޔަތު:

  1. އިންސާނީ ހައްގުތަކަށް މީހުން ހޭލުންތެރިކުރުމަށް ބޭނުންވާނެ ތަމްރީނު ޕްރޮގުރާމްތައް ޑިޒައިންކުރުމާއި މި މަސައްކަތަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުމާއި، ތަމްރީނު ޕްރޮގުރާމްތަކަށް ބޭނުންވާނެ މެޓީރިއަލް ތައްޔާރުކުރުން،
  2. އަތޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރިކުރުމާއި ބެހޭގޮތުން ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި ސެމިނާ ފަދަ ޕްރޮގްރާމްތައް ކަމާއިގުޅޭ އެންމެހާ އިދާރާތަކާއި ގުޅިގެން ވިލަރެސްކުރުން.
  3. އަތޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރިކުރުމާ ބެހޭގޮތުން ބާއްވާ މަސައްކަތުބައްދަލުވުންތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި ސެމިނާ ފަދަ  ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އަތޮޅުތަކަށްގޮސް އަމަލީގޮތުން ބައިވެރިވުން.
  4. ތައުލީމީ ނިޒާމުގެ ތެރެއިން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތްކުރުން.
  5. ޢާންމު ރައްޔިތުންނަށާއި އަދި ވަކި ބަޔަކަށް އަމާޒުކޮށްގެން އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމުގެގޮތުންނާއި އަދި ކޮމިޝަނާބެހޭ މަޢުލޫމާތު ދިނުމުގެ ގޮތުން އެޑިއުކޭޝަނަލް މެޓީރިއަލް އުފެއްދުން.
  6. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި ޑޮކިއުމެންޓޭޝަން ސެންޓަރެއް ޤާއިމުކުރުމަށް އަމަލީގޮތުން މަސައްކަތްކުރުން.
  7. އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކާއި ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ އެޓެސްޓްކޮށްފައިވާ ލިޔުން.

ސުންގަޑި

14 ސެޕްޓެމްބަރ 2017 ވަނަ ދުވަހުގެ 13:30 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރެބޭޝަން މުއްދަތު ނިމި ވަޒީފާ ދާއިމީ ވާ ދުވަހުން ފެށިގެންނެވެ.
  3. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
  5. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  6. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  7. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  8. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003152 ނުވަތަ 3003168 އަށެވެ.
       

                  

 

 


 

30 އޮގަސްޓް 2017