މަސައްކަތް
ނަންބަރު: (IUL)225-ID/225/2017/13
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 24 ސެޕްޓެންބަރު 2017 11:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ރައްޔިތުންގެ " ގެލެކްސީ " ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތުކުރުމާއިބެހޭ

               ނަމްބަރ: IUL)225-ID/225/2017/13)

                އިޢުލާނު    

 

ހއ. އަތޮޅު ރައްޔިތުންގެ " ގެލެކްސީ " ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތުކުރުމާއިބެހޭ

 

            ހއ. އަތޮޅު ރައްޔިތުންގެ " ގެލެކްސީ " ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ  ސިޓީ އުރައިގެ ބޭރުގައި " ހއ. އަތޮޅު ރައްޔިތުންގެ " ގެލެކްސީ " ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތުކުރުމާއިގުޅޭ " މިގޮތަށް ލިޔުއްވަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުން

12 ސެޕްޓެމްބަރ 2017     11:00

24 ސެޕްޓެމްބަރ 2017     11:00

 

            ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރިފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ހާޒިރުވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށައަޅަންވާނެއެވެ. އަދި އެމީހަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށައަޅުއްވަންވާނެއެވެ. އަމިއްލަ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ހާޒިރުވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. މީގެއިތުރުން އަމިއްލަ ފަރާތަކުން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ހާޒިރުވާއިރު އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

 

ގެންނަންވާނެއެވެ. އަދި އެމީހަކު ތަމްސީލްކުރަނީ ކޮންފަރާތެއްކަން އަންގައިދޭ ސިޓީއާއި، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

 

            މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

            އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ. އަދި މިއިދާރާގެ ނަންބަރު:  (IUL)225-ID/225/2017/11 ( 07 އޯގަސްޓް 2017 ) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

  1. މަސައްކަތުގެ އަގު ( 65 އިންސައްތަ )
  2. މަސައްކަތް ނިންމާނެ މުއްދަތު ( 25 އިންސައްތަ )
  3. މިފަދަ މަސައްކަތުގެ ތަޖުރިބާ ( 10 އިންސައްތަ )

 

                 07 ޛުލްޙިއްޖާ  1438

                 29 އޯގަސްޓް  2017

                                     

 

29 އޮގަސްޓް 2017