ވަޒީފާގެ ފުރުޞަތު
ނަންބަރު: GS123/AO/IUL/2017/17
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 11 ސެޕްޓެންބަރު 2017 14:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ބޭނުން ވެއްޖެ

 

c

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ ، ދިވެހިރާއްޖެ

                                                     ނަމްބަރު:GS123/AO/IUL/2017/17

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

 

 

 

 

މިސްކޫލުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރ:

J-131217

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

GS-3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިން

މަޤާމު އޮތް އޮފީސް:

އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ

މުސާރަ:

-/4،465 ރ. (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

-/1،500 ރ. (އެއްހާސް ފަސް ސަތޭކަ ރުފިޔާ)

އިތުރު އިނާޔަތް ތައް:

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުންލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

 

 

 

 

 

 

 

 

 

 

 

     މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ސްކޫލުގެ މުވައްޒަފުންނާއި ބެހޭ ލިޔެކިޔުންތައް ފުރިހަމައަށް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެ ލިޔުންތައް ރަނގަޅަށް ފައިލްކޮށް ބެލެހެއްޓުން.
  2. މުވައްޒަފުންގެ ޙާޟިރީ އާއި، ސަލާމާއި ޗުއްޓީ އާއި ގުޅުންހުރި ހުރިހާ ކަމެއް ސިވިލް ސަރވިސްގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް ކުރުން. އަދި އެތަކެތީގެ ރިކޯޑުތައް ފައިލްކޮށް ބެލެހެއްޓުން.
  3. ސްކޫލަށް އަންނަ ބިލު، ސިޓީ،މެސެޖް ، ފޮތް، ޕާރުސަލް ފަދަތަކެތި ބަރާބަރަށް އެންޓްރީކުރުމާއި ޙަވާލުކުރަން ޖެހޭ ސެކްޝަނަކާއި ލަސްނުކޮށް ޙަވާލުކުރުން. އަދި އެފަދަ އެންމެހާ ތަކެތީގެ ރިކޯޑު ބެލެހެއްޓުން.
  4. ސްކޫލުގެ މެއިލް އަށް ލިބޭ ލިޔެކިޔުންތައް ޕްރިންޓުކުރުމާއި، އެތަކެތީގެ ރިކޯޑު ބެލެހެއްޓުން.
  5. ސްކޫލުން އެކި އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ރިޕޯޓު ފަދަ ލިޔެކިޔުންތައް އެކަމަށް ހަމަޖެހިފައި އޮންނަ އުޞޫލަކުން ލަސްނުކޮށް ފޮނުވުމާއި އެތަކެތީގެ ރިކޯޑުތައް ރަނގަޅަށް ބެލެހެއްޓުން.
  6. ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ މަޢުލޫމާތުތައް ދުވަހުން ދުވަހަށް އަންނަމުންދާ ބަދަލުތައް އެނގޭނޭ ގޮތަށް ލިޔެ އެ މަޢުލޫމާތު ތަކުގެ ރިކޯޑު ބެލެހެއްޓުން.
  7. ސްކޫލަށް ވަންނަ ދަރިވަރުންގެ ރިކޯޑުތަކާއި، ސްކޫލް ނިންމާ ދަރިވަރުންގެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެތަކެތީގެ ރިކޯޑުތައް ރަނގަޅަށް ލިޔެ ޤަވާޢިދުން ބެލެހެއްޓުން.
  8. ސްކޫލުންބާއްވާ ބިޑު އިވެލުއޭޝަން ތަކާއި، އިންޓަރވިއު ތަކާއި، މަސައްކަތް ތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން،
  9. ސްކޫލުގެ އިންފޮމޭޝަން އޮފިސަރެއްގެ ޙައިޘިއްޔަތުން އެކަމުގެ އެންމެހައި ޒިންމާތަކެއް އަމާނާތް ތެރިކަމާއި އެކު އަދާކުރުން.

 

 

 

މަޤާމުގެ ޝަރުޠު ތައް:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއި އެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއި އެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-           ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

-           މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން

-           އިންޓަރވިއު ކޮށްގެން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަ ކުރައްވާފައިވާ ވަޒީފާ އަށް އެދޭ ފޯމު

ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން

ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ތަކާއި، ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ  ނުވަތަ ކޯސްފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ

(ރ) ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ

(ބ) ސިވިލް ސަރވިސްގެ ވަޒީފާ އަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ

(ޅ) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ކ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(އ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އިންނަމާދޫ ސްކޫލް އިދާރާޢިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އިންނަމާދޫ ސްކޫލުގެ އިދާރާ އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ : [email protected] އެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހަށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަރވިއު ކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 12 ސެޕްޓެމްބަރ 2017 އާއި 13 ސެޕްޓެމްބަރ 2017  އާއި ދެމެދު އިންނަމާދޫ ސްކޫލްގައެވެ. ވުމާއި އެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިއު އަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެން ޖެހޭ ޖުމުލަ އިންސައްތަ:

(މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30 އެވެ.)

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580359 ނަމްބަރ ފޯނާއި އެވެ. އީ މެއިލް ކުރާނީ: [email protected] އަށެވެ.

 

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.   

6 ޛުލްޙިއްޖާ 1438

28 އޮގަސްޓް  2017

 

 

 

 

                                           6580359 [email protected]                          

28 އޮގަސްޓް 2017