ދިވެހިރާއްޖެ
މި އެޖެންސީއަށް ވީޕެޕް މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
އިޖްތިމާޢީ ރައްކާތެރިކުރުމުގެ ނިޒާމުގެ ދަށުން ވީޕެޕް މެޝިން ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ވީޕެޕް މެޝިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކުގައި ބަޔާންކުރެވިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ.
ތަފުޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
07 ސެޕްޓެމްބަރ 2017 |
ބުރާސްފަތި |
13:45 |
އަންދާސީހިސާބު ހުށަހެޅުން |
11 ސެޕްޓެމްބަރ 2017 |
ހޯމަ |
13:45 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
|||
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353
- ފެކްސް: 3003535
- އީމެއިލް: [email protected]
29 އޮގަސްޓް 2017
07 ޛުލްޙިއްޖާ 1438