ދިވެހިރާއްޖެ
މަޤާމް :ލެބޯރެޓަރީ އެސިސްޓެންޓް | |
---|---|
ބޭނުންވާ އަދަދު :1 | |
ނަންބަރު:IUL)GS-56/2017/30) އިޢުލާން ވަޒީފާގެ ފުރުސަތު މަޤާމް: ލެބޯރެޓަރީ އެސިސްޓެންޓް މަޤާމުގެ ނަންބަރު: J-283032 ބޭނުންވާ އަދަދު: 1 (އެކެއް) މަޤާމުގެ ގިންތި: ވަގުތީ ( ވޭޖްއެމްޕްލޯއިމަންޓްގެ ދަށުން ) ސެކްޝަން: އެކަޑެމިކް ރޭންކް: ޖީ. އެސް. 4 ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް2 މަޤާމް އޮތް އޮފީސް: ތުޅާދޫސްކޫލް ވަޒީފާއަދާކުރަންޖެހޭ ތަން: ތުޅާދޫސްކޫލް ، ބ.ތުޅާދޫ ޝަރުތު: - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އުޖޫރަ: މަސައްކަތްކުރާ ކޮންމެ 60 މިނިޓްގެ ގަޑިއަކަށް 49.39 ރުފިޔާ ދެވޭނެއެވެ. (އުޖޫރަ ދެވޭނީ -/6520 ރުފިޔާއަށްވުރެން އިތުރުނުވާގޮތަށެވެ.) އިތުރު އިނާޔަތްތައް:
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1- ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުން 2- ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް މާއްދާ ކިޔަވާދެއްވާ ޓީޗަރުންގެ ލަފާގެމަތިން ބަޖެޓް ސެކްޝަނާގުޅިގެން ހޯދުން 3- ލެބޯޓްރީގައި ހުންނަ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން 4- ޓީޗަރުންނަށް އެކްސްޕެރިމެންޓަށް ބޭނުންވާތަކެތި ތައްޔާރުކޮށްދިނުން 5- ޕްރެކްޓިކަލްހަދަން ލެބަށް ދާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވުން 6- ޕްރެކްޓިކަލް ހަދަން ބޭނުންކުރާ ސާމާނު ދޮވެ ސާފުކުރުން 7- ލެބޯޓްރީގެ ސާފުތާހިރުކަން ބެލެހެއްޓުން 8- ލެބޯޓްރީއަށް ޕްރެކްޓިކަލް ހަދަން އަންނަ ޓީޗަރުންގެ ރެކޯޑްތައް ބެލެހެއްޓުން ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. ހުށަހަޅަންޖެހޭ ލިޔުންތައް
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި ވަޒީފާއަށް އެދޭ ފޯމު މި ސްކޫލް ގެ ( ތުޅާދޫސްކޫލް ) ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތުޅާދޫސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ[email protected]އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު ކުރުން މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2017 ސެޕްޓެމްބަރ 20 އާ 21 އާ ދެމެދު ތުޅާދޫސްކޫލްގައި ނުވަތަ ސްކޫލުން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. ވުމާއެކު، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30(ތިރީސް އިންސައްތަ) އެވެ. އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600136 ނަންބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. 07 ޛުލްޙައްޖާ 1438 29 އޯގަސްޓް 2017
|