ދިވެހިރާއްޖެ
އިޢުލާން ނަންބަރ A-13-SM(IUL)/2017/03
މަޤާމް ރިސެޕްޝަނިސްޓް
މަޤާމުގެ ނަންބަރ J-275812
ބޭނުންވާ ޢަދަދު 01 (އެކެއް)
މަޤާމުގެ ގިންތި ދާއިމީ
މަޤާމުގެ ރޭންކް ޖީ އެސް 3
މަޤާމުގެ ކްލެސިފިކޭޝަން އޮފިސަރ ގްރޭޑް 1
ސެކްޝަން ހއ. ތަކަންދޫ ޞިއްޙީމަރުކަޒު
މަޤާމު އޮތް އޮފީސް އައުޓް ޕޭޝަންޓް ޑިޕާރޓްމަންޓް
ވަޒީފާއަދާ ކުރާ ތަން ހއ. ތަކަންދޫ ޞިއްޙީމަރުކަޒު
މުސާރަ މަހަކު 4465.00.00ރުފިޔާ
ސަރވިސް އެލަވަންސް މަހަކު 1500.00ރުފިޔާ
އިތުރު ޢިނާޔަތްތައް:
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މަރުކަޒަށް ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކިއެކި ކަންކަމުގައި އަންނަ މީހުންނަށް މަރުޙަބާ ކިޔުމާއެކު އެމީހެއްގެ ބޭނުން ރަނގަޅަށް އޮޅުންފިލުވައި އެހީތެރިވެދިނުން.
- މަރުކަޒަށް ޚިދުމަތް ހޯދުމަށްޓަކައި އަންނަ ފަރާތްތަކުގެ ތެރެއިން ރިސެޕްޝަނުގައި މަޑުކުރާ މީހުންނަށް އިށީނދެ ތިބެވޭނެ އިންތިޒާމް ހަމަޖެއްސުން.
- މަރުކަޒުން އަންނަ ކޮންމެ މީހަކަށް ނުވަތަ ފޯނުން ގުޅާ ކޮންމެ މީހަކަށް އިޙްތިރާމާއެކު މެހުމާންދާރީ އަދާކުރުން.
- ހާލު ދެރަ ބަލިމީހުން ރިފަރ ކުރުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުން.
- ކައުންޓަރުގައި ހުންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުޞޫލުން ބެލެހެއްޓުން.
- މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރެއިން އަގުނަގަންޖެހޭ ޚިދުމަތްތަކަށް އަގުނެގުމާއި ބެހޭ އެންމެހާ ކަންތައްތައް ކުރުން.
- ލިބޭފައިސާ ބަލައިގަތުމާއި ރަސީދު ހައްދައިދިނުން.
- މުވައްޒަފުން ދަތިވެގެންދާ ވަގުތުތަކުގައި ނަރުހުންނަށް އެހީވުމާއި، ތަރުޖަމާކޮށްދިނުން.
- އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް އޯ.ޕީ. ޑީ ގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ނަރުހުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ބެލެހެއްޓުން
- މީގެ އިތުރުން މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން މަރުކަޒުގެ މަސައްކަތުގައި ދެންނެވިފައިވާ ކަންކަމުގެ އިތުރުން މަރުކަޒާ ގުޅުންހުރި ކަމެއް އެދިއްޖެ ނަމަ އެކަމެއްގައި އެހީތެރިވުން.
މަޤާމުގެ ޝަރުޠުތައް
1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު ތަކަންދޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެއްވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 14 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13.30 ކުރިން، ހއ. ތަކަންދޫ ޞިއްޙީމަރުކަޒަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ސެޕްޓެމްބަރ މަހުގެ ތެރޭގައި ހއ. ތަކަންދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް މިމަހުގެ ތެރޭގައި ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
% 30 (ތިރީސް އިންސައްތަ)
އިތުރުމަޢުލޫމާތު
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500567 ނަންބަރު ފޯނާއެވެ.
07 ޛުލްޚިއްޖާ 1438
29 އޯގަސްޓް 2017