ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/1/2017/15
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 13 ސެޕްޓެންބަރު 2017 11:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
'އަކުރު' އާ ބެހޭ ދިރާސާ ކުރުން

އިޢުލާނު

 

ދިވެހިބަހުގެ ގަވާއިދުގެ ބައިތަކުގެ ތެރެއިން " އަކުރު" އާ ބެހޭ ދިރާސާކުރުމަށް އާންމުކޮށް ހުޅުވައިލުން

 

               ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން "އަކުރު" އާ ބެހޭ ގޮތުން ޢިލްމީ ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ ދިވެހިބަހުގެ އެކެޑަމީން މިހާރު އާންމުކޮށްފައިވާ ދިވެހިބަހުގެ ލަފުޒު ވަކިކުރުމުގެ ގަވާއިދު މުރާޖާކޮށް އެކަށައެޅުމުގައި ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން އަކުރު އަދާކުރާ ދައުރަކީ ކޮބައިކަން ބަލައި ހޯދުމެވެ.

               މި ދިރާސާއާ ގުޅޭ މަޢުލޫމާތު ދިނުން 2017 ސެޕްޓެންބަރު 13 ވާ ބުދަ ދުވަހުގެ 11:00 ގައި ދިވެހި ބަހުގެ އެކެޑަމީގައި އޮންނާނެއެވެ.

               ވީމާ މި ދިރާސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ދިރާސާއާ ބެހޭ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުން އެދެމެވެ. މި ދިރާސާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް އެކަންޏެވެ.   

28 އޮގަސްޓް 2017