މަސައްކަތް
ނަންބަރު: (IUL)22-PU /1/2017/284
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 05 ސެޕްޓެންބަރު 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބީޓެކް އެސައިންމަންޓް ބްރީފް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ބީޓެކް ފިއަރސަން ޑިޕްލޮމާ ލެވެލް 3 ގެ އިންޖީނިއަރިންގ، އެޕްލައިޑް ސައިންސް، ހޮސްޕިޓާލިޓީ، ބިޒްނަސް، ޓްރެވަލް އެންޑް ޓްއަރިޒަމްގެ އެސައިންމަންޓް ބްރީފް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  IUL)22-PU/1/2017/278) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު، އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީގެ (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީގެ (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 ސެޕްޓެމްބަރު 05 ވަނަ ދުވަހުގެ 11:00 ށް

2017 ސެޕްޓެމްބަރު 07 ވަނަ ދުވަހުގެ 11:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

28 އޮގަސްޓް 2017