ދިވެހިރާއްޖެ
ޝައުޤު ވެރިކަން ހުށަހެޅުމުގެ ދަޢުވަތު
ޒޯން 4 އަދި 5 ގައި ސަރަޙައްދީ ކުނިމެނޭޖްކުރުމުގެ ނިޒާމެއް ޤާޢިމުކުރުމަށް ބޭނުންވާ ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓެންސީ
ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ގްރާންޓް ނަމްބަރ: D199-MV
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށް މިމިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުލަކަތޮޅު (މ)، ނިލަންދެއަތޮޅު އުތުރުބުރި (ފ) އަދި ނިލަންދެއަތޮޅު ދެކުނުބުރި (ދ) ހިމެނޭ ޒޯން 4 ގެ ސަރަޙައްދާއި، ކޮޅުމަޑުލު (ތ)، އަދި ހައްދުންމަތި (ލ) ހިމެނޭ ޒޯން ގެ ސަރަޙައްދު އެއްކޮށްލައިގެން، ސަރަޙައްދީ ފެންވަރުގައި ކުނިމެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ނަމުގައި ވާރލްޑް ބޭންކްގެ ހިލޭ އެހީގައި މަޝްރޫޢެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މިމަޝްރޫޢުގެ ދަށުން ޒޯން 4 އަދި 5 ގައި ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖްކުރުމަށް ހުރި އޮޕްޝަންތަކުގެ އެނަލިސިސްއެއް ހެދުމާއި އިޤްތިޞާދީގޮތުން އެންމެ އެކަށީގެންވާ އޮޕްޝަންއެއް ކަނޑައެޅުމަށްފަހު ތަފްޞީލީ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމަށް ކޮންސަލްޓަންސީ ޚިދުމަތްދޭ ކުންފުންޏެއް ހޯދުމަށް ކުރެވުނު IUL)13-K/13/2017/127) އިޢުލާނަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ މުއްދަތު 07 ސެޕްޓެންބަރު 2017 އާއި ހަމައަށް އިތުރުކޮއްފީމެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން 1 ޖުލައި 2016ގައި އިސްލާހުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުޞޫލުންނެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.
އަޙުމަދު މުޖުތަބާ
ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު، މާލެ/ ދިވެހިރާއްޖެ
ފޯން: 3349104 960+ /3349106 960+
އީމެއިލް: [email protected]
ކޮޕީ :[email protected]