ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-WS/438/2017/181
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 10 ސެޕްޓެންބަރު 2017 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް އޮފީސް ފަރުނީޗަރު ހޯދުމާއި ބެހޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓްގެ ބޭނުމަށް ތިރީގައިވާ ފަރުނީޗަރު ގަންނަން ބޭނުންވެއެވެ.

-  6 އޮފީސް މޭޒު (4 ފޫޓު X 2 ފޫޓު)

-  5 ހައި ބެކް ޗެއަރ

-  2 ލޯ ބެކް ޗެއަރ

މިތަކެތީގެ މަޢުލޫމާތު ކަރުދާސް މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑު ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިޢުލާނުގައި ޑައުންލޯޑް ކުރެވޭ ގޮތަށް މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. ބީލަން ކާމިޔާބު ކުރާ ފަރާތެއް ހޮވުމުގައި ބަލާނީ މައުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ސެޕްޓެމްބަރ 10 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ސެޕްޓެމްބަރ 10ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ގްރީން ކްލައިމެޓް ފަންޑް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 960 3018300+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ނޯޓް:

މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018473 ނަންބަރު ފޯނަށެވެ.

 

28 އޮގަސްޓް 2017