ދިވެހިރާއްޖެ
ނަންބަރ: 48/IUL)22-G/22/2017)
އިޢުލާން
ޖަމާލުއްދީން ސްކޫލްގެ އިމާރާތުގެ ބައެއް މަސައްކަތް ކުރުމާ ގުޅޭ
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ޖަމާލުއްދީން ސްކޫލްގެ އިމާރާތުގެ ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
11 ސެޕްޓެންބަރު 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް |
18 ސެޕްޓެންބަރު 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް |
މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341127 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.
05 ޛުލްޙިއްޖާ 1438
27 އޮޖަސްޓު 2017