ދިވެހިރާއްޖެ
ނަންބަރު: FNK/A/IUL/2017/384
ވަޒީފާގެ ފުރުޞަތު
10 އޮގަސްޓް 2017 ގައި ކުރެވުނު އިއުލާން (FNK/A/IUL/2017/356) އަށް އެކަޝީގެންވާވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އަލުން އެމަޤާމަށް ކުރިމަތުލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ލޯޔަރ |
މަޤާމް: |
(1) އެކެއް |
ބޭނުންވާ އަދަދު: |
ހެޑް އޮފީސް / ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
ލީގަލް އެފެއާރޒް ޑިޕާރޓްމަންޓް |
ޑިޕާޓްމަންޓް: |
މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ. |
މުސާރައާއި އިނާޔަތްތައް: |
|
އެހެނިހެން އިނާޔަތްތައް: |
(ހ) ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން (ށ) އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރެވޭ މީހަކަށްވުން (ނ) މަޤާމްއާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން (ރ) ކޮމްޕިއުޓަރއިން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން (ބ) ދަށު ކޯޓުތަކު ގައި އަދި ހައިކޯޓްތަކުގައި (ހައިކޯޓް އަދި ސުޕްރީމް ކޯޓް) ވަކާލާތުކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން (ޅ) ދިވެހި އަދި އިނގިރޭސި މިދެބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެގުން
|
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ކުންފުންޏަށް ބޭނުންވާ އެންމެހާ ކަންކަމުގައި ޤާނޫނީ ލަފާދިނުން (ށ) އެގްރީމެންޓް ތައްޔާރުކުރުމާއި އެއަށް ބޭނުންވާ ލަފާދިނުން (ނ) ކޯޓްތަކުގައި އަދި ވާޒީފާއާއި ބެހޭ ޓްރައިބިއުނަލްގައި ކުންފުނީގެ މައްސަލަތަކުގައި ވަކާލާތުކުރުން.
|
މައިގަނޑު މަސްޢޫލިއްޔަތުތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 08:00 – 15:00 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2017 އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
05 ޛުލްޙިއްޖާ 1438
27 އޯގަސްޓް 2017