ދިވެހިރާއްޖެ
މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ވިލިމާލެއަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ.
- ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
- ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ދިނުން.
- ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށްފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
- ސްޓޭމްޕް ވިއްކުން.
އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުތުތައް.
- ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން ނުވަތަ ރަށުގެ އިޖްތިމާޢީ ޚިދުމަތެއްދޭ ފަރާތަކަށްވުން. މީގެއިތުރުން ވަކިފަރުދުންނަށްވެސް ކުރިމަތިލެވޭނެ.
އުޖޫރަ.
މަހަކު -/3000 (ތިންހާސް ރުފިޔާ) އޭޖެންސީ އުޖޫރަ
އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި.
- ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން.
- ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.
- ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ
- ވަކިފަރުދެއްނަމަ އައި.ޑީ ކާރޑްކޮޕީ އަދި ތަޢުލީމީ ފެންވަރާއި ޚިދުމަތްދޭނެ ތަނެއްގެ ވަނަވަރު ހުށަހެޅުން
މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2017 ވާ (އަންގާރަ) ދުވަހުގެ 15:00 ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުވާއިރު ސިޓީއުރައިގެ ބޭރުގައި "ވިލިމާލެ ޕޯސްޓަލް އެޖެންޓްކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގ ގެ 3 ވަނަ ފްލޯރގެ އެޑްމިން ސެކްޝަނަށެވެ. އީމެއިލްއިން ފޮނުއްވާނަމަ ފޮނުއްވާނީ [email protected] އަށެވެ.
މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރު 7772916 އާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.