ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު 19 (IUL)/273/273/2017/(3 ޖުލައި 2017) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: | އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ |
މަޤާމުގެ ނަންބަރު: | J-275847 |
ބޭނުންވާ އަދަދު: | 1 ( އެކެއް ) |
މަޤާމުގެ ގިންތި: | ވަގުތީ (6މަސް ) |
މަޤާމުގެ ރޭންކް: | ޖީ.އެސް.3 |
މަޤާމުގެ ކްލެސިފިކޭޝަން: | އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ސެކްޝަން: | ކޯޕަރޭޓް އެފެއާޒް ޔުނިޓް |
ކޯޕަރޭޓް އެފެއާޒް ޔުނިޓް | ށ.ގޮއިދޫ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: | ށ.ގޮއިދޫ ކައުންސިލްގެ އިދާރާ |
މުސާރަ: | 4,465.00 ރުފިޔާ |
ސަރވިސް އެލެވަންސް: | މަހަކު 1500.00ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
01 – އައި. ޑީ ކާޑް ހެއްދުމުގެ މަސައްކަތް. 02 – ހުކުރު ހުއްދަ ހޯދުމާއީ ހުކުރު ހަވާލު ކުރުން. 03 – މިއިދާރާއިން ފޮނުވަންޖެހޭ ސިޓީ ، މެސެޖްތައް ވެރިންގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 04 – މަގުކޮނުމުގެ ހުއްދައަށް ވެރިންގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކުރުން. 05 – ލިޔުން ބޭނުންވާ ފަރާތްތަކަށް ވެރިންގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކުރުން.. 06 – މިއިދާރާއިން ތައްޔާރު ކުރަން ޖެހޭ އިއުލާންތައް ވެރިންގެ ލަފާގެ މަތިން ލިޔެ ތައްޔާރު ކުރުން. 07 – ކައުންސިލުގެ ބައްދަލުވުމުގެ ޔައްމިއްޔާތައް ލިޔެ ބެލެހެއްޓުން. 08 – ކައުންސިލާއި ހަވާލުވެ ހުންނެވި ވެރިޔެއްގެ ލަފާގެ މަތިން ކައުންސިލު ބައްދަލުވުމުގެ އެޖެންޑާތައް ތައްޔާރު ކުރުން 09 – ދުވަހުން ދުވަހަށް ކައުންސިލުގެ ނިންމުތައް ހާމަކުރަން ޖެހޭ އުސޫލުން ހާމަކުރުން. 10 – މިއިދާރާގެ ބިޑްކޮމެޓީގެ ބައްދަލުވުމުގެ ޔައްމިއްޔާތައް ލިޔެ ބެލެހެއްޓުން. 11 – ބިޑް ކޮމެޓީގެ ޗެޔާރ ޕަރސަންގެ ލަފާގެ މަތިން ބިޑްކޮމެޓީގެ ބައްދަލުވުމުގެ އެޖެންޑާތައް ތައްޔާރު ކުރުން. 12 – މިއިދާރާގެ އެޗް . އާރު ކޮމެޓީގެ ބައްދަލުވުމުގެ ޔައްމިއްޔާތައް ލިޔެ ބެލެހެއްޓުން. 13 – އެޗް އާރު ކޮމެޓީގެ ޗެޔާރ ޕަރސަންގެ ލަފާގެ މަތިން އެޗްއާރު ކޮމެޓީގެ ބައްދަލުވުމުގެ އެޖެންޑާތައް ތައްޔާރު ކުރުން. 14 – ކައުންސިލުން ރައްޔިތުނާއިއެކު ބާއްވާ ބައްދަލުވުން ތަކުގެ ޔައްޔުމިއްޔާ ލިޔެ ބެލެހެއްޓުން. 15 – ވެރިންގެ ލަފާގެ މަތިން ކައުންސިލުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަން ޖެހޭ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ތާރީހަށް ފޮނުވުން. 16 – އިތުރުގަޑީގެ ހާޟިރީ ބެލެހެއްޓުން. 17 – މިސްކިތު ނަމާދުގަޑީގެ ހާޟިރީ ބެލެހެއްޓުން. 18 - އޮފީސް ހުޅުވާ ލެއްޕުމުގެ ރެކޯޑް ބެލެހެއްޓުން. 19- ނުރަސްމީ ގަޑީގެގައި އޮފީސް ހުޅުވައި ލެއްޕުމުގެ ރެކޯޑް ބެލެހެއްޓުން. 20 - މިއިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
1 އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ 2 ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | ވަޒީފާއަށް އެދޭ ފޯމް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ސެޕްޓެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، (އީ-މެއިލް އެޑްރެސް [email protected]) އެވެ. ފެކްސް ނަންބަރަކީ، (އިދާރާގެ ފެކްސް ނަންބަރު 6540043) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 ސެޕްޓެމްބަރު 2017 އާއި 14 ސެޕްޓެމްބަރު 2017 އާއި ދެމެދު ށ.ގޮއިދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑއަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެން ޖެހޭ ޖުމްލަ އިންސަތަ | މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ، %30 އަށްވުރެ މަތިވާން ޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (ފޯނު ނަންބަރު 6540043) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، (ފެކްސް ނަންބަރު 6540043) އެވެ. އީ-މެއިލް ކުރާނީ (އީ-މެއިލް އެޑްރެސް [email protected]) އަށެވެ. |
24 އޮގަސްޓް 2017