ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) ގެ އިންޓަރނަލް އޮޑިޓް ފަންކްޝަން، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިތުރަށް ހަރުދަނާ ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ. މި އެސައިންމަންޓްގެ މަޤްޞަދުގެ ތެރޭގައި އިންޓަރނަލް އޮޑިޓް ފަންކްޝަން ހިންގުމަށް ބޭނުންވާ ކަރުދާސް އަދި ޕްލޭން ތައްޔާރުކުރުމާއި، ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުމާއި، މިނިސްޓްރީގެ މެންޑޭޓާއި އެއްގޮތްވާގޮތުގެ މަތިން އިންޓަރނަލް އޮޑިޓް ޔުނިޓް ކުރިއަށް ގެންދާނެގޮތުގެ ލަފާދިނުން ހިމެނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2017 ވަނަދުވަހުގެ 14:00 ގެ ކުރިން، "ޕްރޮޕޯސަލް" ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޕްރޮކިޔުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން،މާފަންނު
މާލެ، 20392، ދިވެހިރާއްޖެ
ފޯން: 3018300