ޢާންމު މަޢުލޫމާތު
ނަންބަރު: 182-FCD/IUL/2017/12
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 09:23
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"އުފަކާރަ" ޕްރޮގްރާމްގެ 2ވަނަ ފިޔަވަހި

 

އިޢުލާން

 

"އުފަކާރަ" ޕްރޮގްރާމްގެ 2ވަނަ ފިޔަވަހި

 

     ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކައި ހިންގާ  "އުފަކާރަ" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ. މި ގޮތުން ކާބޯތަކެތި  އުފައްދާ އަދި ބަންދުކޮށްގެން ވިއްކާ ފަރާތްތަކަށް މި ޕްރޮގްރާމްގެ ތެރެއިން ހިންގާ ތަމްރީންގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ވާހަކަ ދެންނެވީމެވެ.

     ކާބޯތަކެތި ރައްކާތެރި ގޮތުގައި އުފައްދާ، ތައްޔާރު ކުރާނެ ގޮތްތަކާއި އެ ތަކެތީގެ ފެންވަރު މަތި ކުރާނެ ގޮތްތަކުގެ އިތުރުން ގަވާއިދާ މިންގަނޑުތަކަށް އަހުލުވެރި ކުރުވުން މި ތަމްރީންގައި ހިމެނެއެވެ.

     ވީމާ، މި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި މެންދުރު .2:00 އާ ދެމެދު ވަގުތެއްގައި މި އޮތޯރިޓީގެ ނަންބަރު 3014305 ފޯނަށް ގުޅުއްވައިގެން ނަން ނޯޓު ކުރެއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާ ނަމަ [email protected]  އަށް ނަމާއި ފޯނު ނަންބަރު މެއިލް ކުރެއްވުން އެދެމެވެ.

     

                                   2 ޛުލްޙިއްޖާ  1438

 

24 އޮގަސްޓް 2017