ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/2017/60
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 07 ސެޕްޓެންބަރު 2017 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕީ.އެސް.އެމް އަށް ހދ. ކުޅުދުއްފުށިން ދޫކުރާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް

އެމް.ޑަބުލިޔޫ.އެސް.ސީ ކުޅުދުއްފުށީ ސައިޓް އޮފީހުގެ އުތުރުން އޮތް ބިމުގައި ހުރި ރުއް/ ގަހުގައި މިއިދާރާއިންވާނީ 01 ން ފެށިގެން 39 އަށް ނަންބަރު ޖަހާފައެވެ. މިދެންނެވި ރުއްގަހުގެ ވެރިން އެތަކެތި ބޭނުންވާނަމަ، 07 ސެޕްޓެންބަރ 2017 ވަނަ ދުވަހުގެ ކުރިން އެތަކެތި ނެންގެވުން އެދެމެވެ. އަދި ބަދަލުގައި ފައިސާ ބޭނުން ވާނަމަ 30 އޯގަސްޓް 2017 ވަނަ ދުވަހުގެ ކުރިން އެތަކެތީގެ ތަފްޞީލު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ތަފްޞީލް ހުށަހަޅުއްވާނީ އެކަމަށްޓަކައި މިއިދާރާއިން ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށެވެ. އަދި މިސަރަހައްދުގައިވާ ބޮނބިއޮޅުތަކުގައިވާ ތަކެތިވެސް 07 ސެޕްޓެންބަރ 2017 ވަނަ ދުވަހުގެ ކުރިން ނަގައި ސާފުކުރުމަށް އަންގަމެވެ.

07 ސެޕްޓެންބަރ 2017 ވަނަދުވަހުގެ ފަހުން އެސަރަހައްދުގައިވާ  އެއްވެސް އެއްޗެއްގެ ވެރިފަރާތުން އެކަން މިއިދާރާއަށް ނާންގަވައި ވާނަމަ އެއީ ވެރިއަކު ނެތްއެއްޗެއް ކަމުގައިބަލައި ނައްތާލެވޭނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮގަސްޓް 2017