ދިވެހިރާއްޖެ
1000 ފުރުޞަތު |
ލޯނުގެ އަދަދު: |
ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 9 ގެ ނިޔަލަށް ށ. ލައިސަންސް |
ފެންވަރު: |
"މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އުޞޫލު: އޮގަސްޓް 2017" ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތައް |
ދާއިރާ: |
ލޯނު އެހީ ދިނުމުގެ ޝަރުތުތަށް "މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އުޞޫލު: އޮގަސްޓް 2017" ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެއެވެ. |
ޝަރުތުތައް: |
- ލޯނަށް އެދި ހުށައަޅާ ފޯމު 23 އޮގަސްޓް 2017 އިން ފެށިގެން 20 ސެޕްޓެމްބަރ 2017 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި ފޯމު މި ޑިޕާޓްމަންޓްގެ ވެބްސައިޓު www.dhe.gov.mvއިން ޑައުންލޯޑްވެސް ކުރެވޭނެއެވެ. |
ލޯނަށް އެދި ހުށައަޅާ ފޯމު ދޫކުރުން: |
- ލޯނަށް އެދި ހުށައަޅާ ފޯމު ބަލައިގަތުން އޮންނާނީ 24 ސެޕްޓެމްބަރ 2017 އިން 5 އޮކްޓޯބަރ 2017 ގެ ހެދުނު 9.00 ން ފެށިގެން 15:00އާދެމެދު ވެލާނާގޭ ދެވަނަ ތަޅުމުގައެވެ. - އީމެއިލްއިން އެޕްލިކޭޝަން ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށައަޅާނީ [email protected]އަށެވެ. - އޮންލައިންކޮށް އެޕްލިކޭޝަން ސަބްމިޓްކުރާ ފަރާތްތަކުން ހުށައަޅާނީ www.upload.moe.gov.mv މެދުވެރިކޮށެވެ. - މިޑިޕާޓްމަންޓުން ދޫކުރެވޭ ކޮންމެ އެޕްލިކޭޝަނެއް، ހުށައަޅާނެ ތާރީޚް އެޕްލިކޭޝަން ފޯމްގައި ބަޔާންކޮށްފައިވާނެއެވެ. - އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކާއި އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުންވެސް އެޕްލިކޭޝަން ހުށައަޅާނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައެވެ. - އޮންލައިންކޮށް ފޯމް ޑައުންލޯޑް ކުރާ ފަރާތަކުން ފޯމް ހުށައެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މިޑިޕާޓްމަންޓަށް ފޯނުން ގުޅައި ނުވަތަ އީމެއިލްކޮށް ފޯމް ހުށައަޅާނެ ތާރީޚެއް ހޯދަންވާނެއެވެ. - މިޑިފާޓްމަންޓަށް ހާޒިރުވެ އެޕްލިކޭޝަން ހުށައަޅުއްވަން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށައެޅޭނީ އެދުވަހަކަށް ދޫކުރާ ކިއު ނަންބަރު ތަރުތީބުންނެވެ. |
ލޯނަށް އެދި ފޯމު ހުށައެޅުން: |
- ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް. |
ހުށަހަޅަންޖެހޭ ތަކެތި: |
- ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި އުޞޫލުގެ ޖަދުވަލްތައް 23 އޮގަސްޓް 2017 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓް (www.dhe.gov.mv) އިން ލިބެންހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުޞޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. - ލޯނަށް އެދި ހުށައަޅާ ފޯމު ޑިސްކޮލިފައި ނުވާނޭ ގޮތް ހެދުމަށްޓަކައި ފޯމު ހިފައިގެން އަންނަ މީހާގެ ހާޒިރުގައި ފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. ފޯމު ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ ފޯމު ބަލައެއް ނުގަނެވޭނެއެވެ. އެފަދަ ފޯމު ބަލައިގަނެވުނު ކަމުގައިވިއަސް އިޢުލާންގައިވާ ޝަރުތު ހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. - ފޯމު ބަލައިގަތުމަށްފަހު ފޯމަށް ނުވަތަ ފޯމާއެކު ހުށައެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި ފޯމު ހުށައެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން ފޯމެއް ހުށައަޅާނަމަ ކުރިން ހުށައެޅި ފޯމު ބާތިލްކުރަންވާނެއެވެ. - މި ސްކީމްގެ ދަށުން އިޢުލާންކޮށްފައިވާ ޕައިލެޓް ސްޓަޑީސް ލައިސަންސް ކޯހަށް، ލެވަލް 5، 6، 7، 8 އަދި ލެވެލް 9 ގެ ސެޓްފިކެޓް ހާޞިލްކޮށްފައިވާ ފަރާތްތަކަށް ކުރިމަތި ނުލެވޭނެ ކަމުގައި ދެންނެވީމެވެ. - ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދޭ ތަރުތީބު މި ލޯން ސްކީމްގެ އުޞޫލުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީންނެވެ. - ލޯނަށް އެދި ހުށައަޅާ ދަރިވަރުންނަށް ޕޮއިންޓް ދިނުމުގައި ބޭނުންކުރާ މިންގަނޑު މި ލޯނު ސްކީމްގެ އުޞޫލުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާނެއެވެ. - ލޯނަށްއެދި ހުށައަޅާ ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން ނުވަތަ ލޯނުގެ ފައިސާ ދޫކުރުމަށްފަހު މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްކުރެވޭނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ މި ޑިޕާރޓްމަންޓުން ކަނޑައަޅާ ގޮތެއްގެ މަތިން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށައެޅޭނެއެވެ. |
އިތުރު މަޢުލޫމާތު: |
- ލޯނަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކަކީ ވެލިޑޭޓް ކޮށްފައިވާ އަދި އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންޖެހޭނެއެވެ. - ވެލިޑޭޓްކުރުމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ސެޓްފިކެޓްގެ ފެންވަރުބަލައި ތައްގަނޑުޖެހުމެވެ. - ސެޓްފިކެޓްގައި އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖެހުމަކީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއެއްގޮތަކަމަށް ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ލޯ ފާމަކުން ތައްގަނޑުޖެހުމެވެ. - އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ލިޔުމުގައި ތައްގަނޑުޖެހި ލޯ ފާރމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް، އަދި ތާރީޚް އޮންނަންވާނެއެވެ. އެހެންމީހެއްގެ ބަދަލުގައި އަސްލާއިއެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ލިޔުންތައްވެސް ހުންނަންވާނީ މިފަދައިންނެވެ. - އަސްލާއިއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ އަދި ސެޓްފިކެޓްގެ އަޞްލުގައި ދެފުށް ވާނަމަ ދެފުށް ކޮޕީ ނުނަގާ ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތައް ޤަބޫލެއް ނުކުރެވޭނެއެވެ. - ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން ހުށައަޅަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ. |
ވެލިޑޭޓްކުރުމާއި އަސްލާއިއެއްގޮތްކަމަށް ތައްގަނޑުޖެހުން: |
- މި އިޢުލާނާއިއެކު ވެބްސައިޓަށް އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ: * ލޯނަށް އެދި ހުށައަޅާ ފޯމް. * މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ އޮގަސްޓް 2017 ގެ އުޞޫލާއި އުޞޫލުގެ ޖަދުވަލުތައް. - މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އުޞޫލުގެ ހުރިހާ ޖަދުވަލުތަކަކީ މި އިޢުލާނުގެ ބައެކެވެ. |
އެހެނިހެން: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 33412903341376 3341326 3341381 3341327 3341309 ފޯން ނަމްބަރަށެވެ. |