ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PN/301/2017/39
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 30 އޮގަސްޓް 2017 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ ޒޯން ލައިސަންސް އެގްޒަމިނާރ ހޯދުން

 

`

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ

އަނގޮޅިތީމު، ދިވެހިރާއްޖެ

Secretariat of the Angolhitheem Council, North Maalhosmadulu

Angolhitheem, Republic of maldives

 

ނަންބަރު: (IUL)301-PN/301/2017/39

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

އިޢްލާނު

 

 

ސީ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި އެގްޒެމިނަރެއް ބޭނުންވެއްޖެ.

 

މިރަށުގައި ސީ ޒޯންލައިސަންސްގެ ޚިދުމަތް ދިނުމަށްޓަކައި ސީ ޒޯން ލައިސަންސްގެ އެގްޒެމިނަރެއް ބޭނުންވެއްޖެއެވެ. އެގްޒެމިނަރ ކަމަށް ޝަޢްޤްވެރިވާ ފަރާތްތަކުން 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:00 ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

 

ޝަރުޠު:

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް އޮތުން.
  • އަސާސީ ތަޢްލީމްގެ ފެންވަރަށް ލިޔަން ކިޔަން އެނގުން.
  • ރަށުގައި ޢާއްމުކޮށް ދިރިއުޅޭ ފަރާތަކަށްވުން.

އެލަވަންސް:

  • ޓެސްޓްގައި ދުއްވާ ކޮންމެ ވެހިކަލަކަށް 20 ރ. (ވިހި ރުފިޔާ)

 

މަސައްކަތް ކުރަންޖެހޭ ގޮތާއި ގަޑި:

  • ދުއްވުމުގެ ޓެސްޓް އޮންނަ ވަގުތު ( ޓެސްޓް އޮންނަ ދުވަސްތަކާއި ގަޑިތައް ކައުންސިލް އިން ކަނޑަ އެޅުމަށްފަހު، އެގްޒަމިނަރަށް އަންގާނެއެވެ.)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ލިބިފައިވާ ލައިސަންސްގެ ކޮޕީ
  • 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް
  • އައި.ޑީ.ކާރޑް ކޮޕީ
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޖްރިބާގެ ލިޔުން ( އަދާކުރި ވަޒީފާ ނުވަތަ ކުރި މަސައްކަތް، އުޅުނު ދާއިރާ )
  • ވަނަވަރު

 

އެގްޒެމިނަރ ކަނޑައެޅުމުގައި ބަލާނެ މިންގަނޑު:

  • ގިނަ ކެޓެގަރީތައް ދުއްވުމުގެ ލައިސަންސް ލިބިފައިވުން.
  • ޢާއްމުގޮތެއްގައި  ރަށުގައި ހުންނަ ފަރާތަކަށްވުން.
  • މިކަމުގެ ތަޖްރިބާ ލިބިފައިވުން.

 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

23 އޮގަސްޓް 2017