މަސައްކަތް
ނަންބަރު: 288/2017/061
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 12 ސެޕްޓެންބަރު 2017 13:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެބްސައިޓް ފަރުމާކުރުމާ ގުޅޭ

ވެބްސައިޓް ފަރުމާކުރުމާ ގުޅޭ

މި އިދާރާގެ ވެބްސައިޓް ފަރުމާކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް 2017 ޖުލައި 23 ވަނަ ދުވަހު ކުރި މި އިދާރާގެ 288/2017/054 ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުންކަމަށް ވާތީވެ، އެ އިޢުލާން ބާޠިލްކޮށް އެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ވީމާ، މި އިދާރާގެ ވެބްސައިޓް ފަރުކާކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ޙާޟިރުވެ، ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2017 އޮގަސްޓް 30 ވާ ބުދަ ދުވަހުގެ 13.00 ގައި މި އިދާރާ ގައެވެ. ބިޑު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2017 ސެޕްޓެންބަރު 12 ވާ އަންގާރަ ދުވަހުގެ 13.00 ގައި މި އިދާރާ ގައެވެ. ބިޑު ހުށަހަޅާއިރު ހާޑުކޮޕީގެ އިތުރުން ސޮފްޓް ކޮޕީ ވެސް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބިޑު ހުށަހަޅާ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ.

އިތުރަށް މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560015 ނަންބަރު ފޯނާއެވެ. އީ-މެއިލުން ނަމަ [email protected] އަށެވެ.

30 ޛުލްޤަޢިދާ 1438ހ.

22 އޮގަސްޓް 2017މ.

23 އޮގަސްޓް 2017