ދިވެހިރާއްޖެ
އިޢުލާން
އެސްޓީއޯ ގެ ބޭނުމަށް ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ.
މި ކުންފުންޔަށް ބޭނުންވާ ސެކަންޑް ހޭންޑް ވެހިކަލެއްް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (60 އޭޑީއެމް/183/2017) އަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތް: މި ކުންފުނިން ދޭ މަޢުލޫމާތާއި ސްޕެސިފިކޭޝަން އާއި އެއްގޮތަށް ސެކަންޑް ހޭންޑް ވެހިކަލް އެއް ސަޕްލައި ކޮށްދިނުން
ބާވަތް: ޑީސަލް ޕިކަޕް
މޮޑެލް: ޓޮޔޯޓާ، ނިސާން، އިސުޒު އަދި މިޓްސުބިޝީ
ޓަނޭޖް: 2 ޓަނު
އިންސްޕެކްޝަން: ބީލަން ހުށަހަޅައިގެން ހޮވޭ ފަރާތުން 07 ދުވަހުގެ ތެރޭގައި އިންސްޕެކްޓް ކުރުމަށްޓަކައި ވެހިކަލް ފޯރުކޮށްދެވެން ވާނެއެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
ރަޖިސްޓަރީ އަދިމަޢުލޫމާތު ސާފުކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2017 އޯގަސްޓް 29 ވާ ދުވަހުގެ 1100 ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ބީލަން ކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރާނީ 2017 އޯގަސްޓް 29 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 އޯގަސްޓް 30 ވަނަ ދުވަހުގެ 1130 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅަން ބޭނުންވާ ސުވާލުތައް 2017 ސެޕްޓެމްބަރ 06 ވަނަ ދުވަހުގެ 1600ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2017 ސެޕްޓެމްބަރ 10 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ސެޕްޓެމްބަރ 14 ވަނަ ދުވަހު 1400 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3344196 , 3344321
ފެކްސްް: 3344633
އީމެއިލް: [email protected]
23 އޯގަސްޓް 2017