ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2017/63
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 30 އޮގަސްޓް 2017 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގުރާމަރ

އިޢުލާން

 

މަޤާމް:

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގުރާމަރ

މަޤާމުގެ ނަންބަރު:

J-208848

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގުރޭޑު 2

ސެކްޝަން:

އެކަޑަމިކް/ އެޑްމިން ސެކްޝަން

މަޤާމް އޮތް އޮފީސް:

ކީރިތި ޤުރްއާނާބެހޭ މަރުކަޒު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކީރިތި ޤުރްއާނާބެހޭ މަރުކަޒު

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކީރިތިޤުރުއާނާބެހޭ މަރުކަޒުގެ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ހިންގާ ބެލެހެއްޓުމާއި އޮފީހުގެ ވެބްސައިޓް އަޕްޑޭޓްކޮށްބެލެހެއްޓު އަދި ވެބްސައިޓަށް އަޕްލޯޑްކުރުމަށް ޙަވާލުކުރެވޭ ތަކެތި އަޕްލޯޑްކުރުމާއި ވެބްސައިޓްގައި ޝާޢިޢުކުރެވޭ ތަކެތި ތަރްތީބުކޮށް ފަސޭހާއިން ފެންނާގޮތްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  2.  ކީރިތިޤުރުއާނާބެހޭ މަރުކަޒުގެ ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުމާއި ކީރިތިޤުރުއާނާބެހޭ މަރުކަޒުގެ ނެޓްވާރކްގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަނގަޅުކުރުވުމާއި ނެޓްވާރކް އިތުރުތަންތަނަށް އަޅަންޖެހިއްޖެނަމަ އެމަސައްކަތްވެސް ކުރުމާއި ކުރުވުން. މަރްކަޒުގެ ސަރވަރއާއި އީ ގަވަރމެންޓް ޕޯޓަލްގެ މަސައްކަތްކުރުމާއި ކޮމްޕިއުޓަރ ނެޓްވާރކަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމުގައި އެހީތެރިވެ ދިނުން.
  3. ކީރިތިޤުރުއާނާބެހޭ މަރުކަޒުން ބާއްވާ ޖަލްސާތަކުގެ ޑިޖިޓަލް ފޮޓޯ އާއި ކީރިތިޤުރުއާނާބެހޭ މަރުކަޒު އާއި ގުޅުން ހުންނަ ތަފާތު ޑިޖިޓަލް ފޮޓޯތައް ނެގުމާއި އެފޮޓޯތައް ސަރވާގައި ރައްކާކޮށް ބެލެހެއްޓުން.
  4. ކީރިތިޤުރުއާނާބެހޭ މަރުކަޒުގެ ބޭނުންތަކަށް އެކިއެކި ޔުނިޓްތަކުގައި ބެހެއްޓިފައިވާ ކޮމްޕިޔުޓަރތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއެކު ކީރިތިޤުރުއާނާބެހޭ މަރުކަޒުގެހުރިހާ ކޮމްޕިޔުޓަރުތަކެއް ބެލެހެއްޓުން.
  5. ކީރިތިޤުރުއާނާބެހޭ މަރުކަޒުގެ ބޭނުންކުރާ އިންފޮމޭޝްންޓެކޮނޮލޮޖީ އާއިގުޅޭ ހުރިހާ ތަކެއްޗެއްގެ ދަފްތަރެއްހަދާ ބެލެހެއްޓުމާއި ކީރިތިޤުރުއާނާބެހޭ މަރުކަޒުގެ ޓެލެފޯނާއި ޕީ.ޢޭ.ބީ.ސިސްޓަމް ބެލެހެއްޓުމާއި އަދި ޓެލެފޯން ލައިންތަކުގެ ދަފްތަރު ބެލެހެއްޓުން. ކީރިތިޤުރުއާނާބެހޭ މަރުކަޒުގެ ތަފާތު ތަންތަނަށް އިތުރުކުރަންވާ ފޯންލައިންތަކާއި އުވާލަންޖެހޭ ލައިންތަކާއި އަދި ބޭނުންވާ ޓެލެފޯންތައް ހޯދާދިނުމާއި އެކު ފޯނަށް ދިމާވާ އެންމެހާ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ހައްލުކޮށްދިނުން.
  6. އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅޭގޮތުން ކީރިތިޤުރުއާނާބެހޭ މަރުކަޒަށް ހޯދަންޖެހޭ ތަކެތި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހޯދުން. މަރާމާތުކުރަންޖެހޭ އައިޓީ ސާމާން މަރާމާތުކުރުވުމާއި އަދި ބާވެ ހަލާކުވެ ބޭނުންނުކުރެވޭ ތަކެތި ހަމަޖެހިފައިވާ ޤަވާޢިދުގެ ދަށުން ނީލަމަށް ފޮނުވުމަށްޓަކާ ކަމާބެހޭ ޔުނިޓާ ޙަވާލުކުރުން.
  7. އޮފީސް ހުޅުވާ ލެއްޕުން.
  8. މީގެ އިތުރުންވެސް މުވައްޒަފުކުރާ މަސައްކަތް ސްޕަވައިޒްކުރާ އަދި އޮފީހުގެ އިސްވެރިޔަކަށް ހުންނަވާ ބޭފުޅަކު އަންގަވާ އޮފީހުގެ މަސައްކަތްތާއިގުޅޭ އިތުރު ކަންތައްތައް ފަރުވާތެރިކަމާއެކު ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. 1.     އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ޙާޞިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށްބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.chq.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ،3335086  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާ ޕްރެކްޓިކަލް އޮންނާނީ، 05 ސެޕްޓެމްބަރ 2017 އާއި 30 ސެޕްޓްމްބަރ 2017 އާ ދެމެދު، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30 އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3019303، 3019304  ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3335086  އެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

 

22 އޮގަސްޓް 2017