1. ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ އަސަރު ދެނެގަތުމާއި އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި ގުޅޭގޮތުން އެކިފަރާތްތަކުން ކޮށްފައިވާ ރިސާޗްގެ އަލީގައި ޓެކްނިކަލް ލިޔެކިޔުންތައް ތައްޔާރުކުރުން.
2. އިންފްރާސްޓްރަކްޗރ ޑިޕާޓްމަންޓްގައި ހިންގާ މަޝްރޫޢުތަކަށް ތައްޔާރުކުރެވޭ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްޓްމަންޓްތަކާއި އެއްގޮތަށް މަސައްކަތް ހިނގަމުންދާއިރު ތިމާވެއްޓަށް ކުރާ އަސަރުކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ރިޕޯޓްގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކޮންޓްރެކްޓަރުން ކުރަމުންގެންދޭތޯ ބަލާ މޮނިޓަރކޮށް، ރަނގަޅުކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް އެކަންކަމާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ނިންމާ ޕްރޮޖެކްޓް މެނޭޖަރުން މެދުވެރިކޮށް ކޮންޓްރަކްޓަރުންނަށް އަންގަމުން ގެންދިޔުން.
3. މަޝްރޫއުތަކުގެ އެންވަޔަރަންމަންޓް މޮނިޓަރިންގ ރިޕޯޓްތަކުގައި މަޢުލޫމާތުތައް ޗެކްކޮށް ރިކޯޑް ބަލަހައްޓަމުންގެންދިއުން.
4. މަޝްރޫޢުތަކުގެ މަސައްކަތް ނިމި ޕޯސްޓް ކޮންސްޓްރަކްޝަން ފިޔަވަހީގައި ޕްރޮޕޯނަންޓް ހައިސިއްޔަތުން ކުރިއަށްގެންދަންޖެހޭ އެންވަރަޔަރަންމަންޓަލް މޮނިޓަރިންގ މަސައްކަތައް ރާވާ ހިންގުމަށްފަހު ރިޕޯޓް ތައްޔާރުކުރުން.
5. ކޯސްޓަލް އެންޖިނިއަރިންގ އަދި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކުގެ ސްޓަރްކަޗަރތައް ޑިޒައިންކުރުމުގައި ތިމާވެއްޓަށް ކުރާ އަސަރުކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު ޑިޒައިންކުރާ ފަރާތްތަކަށް ލަފާދީ އެފަދަ ސްޓްރަކްޗަރތައް ޑިޒައިންކުރުމުގައި އެހީތެރިވުން.
6. މަޝްރޫއުތަކުގެ މަސައްކަތްތަކާއި ގުޅިގެން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތަކާއި ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
7. މަޝްރޫއުގެ އެންވަޔަރަންމަންޓް މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމާއި ކޮމިއުނިޓީ ކޮންސަލްޓޭޝަން ހެދުން.
8. އީ.އައި.އޭ ހެދުމަށްޓަކައި ކޮންސަލްޓަންޓުން ހޯދުމަށް ތައްޔާރުކުރުމާއި، ޕްރޮކިއުމަންޓް ޕްރޮސެސްއަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ޕްރޮޖެކްޓް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުގެ މުވައްޒަފުންނަށް ފޯރުކޮށްދިނުން.
9. އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓުގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާ އިމާރާތްކުރުމާއި އުމްރާނީ ތަރައްޤީގެ އެންމެހާ މަސައްކަތްތައް އެކުލަވާލުމަށް ބޭނުންވާ ސްޓޭކްހޯލްޑަރ އަދި ކޮމިއުނިޓީ ކޮންސަލްޓޭޝަންތަކުގައި ބައިވެރިވެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
10. މަޝްރޫޢުތައް ހިނގަމުންދާއިރު ކޮންޓްރެކްޓަރުން މަސައްކަތް ކުރިއަށްގެންދަނީ އީ.އައި.އޭގައި ބަޔާންކޮށްފައިވާ މިޓިގޭޝަން ފިޔަވަޅުތައް އަޅައިގެންތޯ ބެލުމަށްޓަކައި ކުރަންޖެހޭ ސަރވޭ ދަތުރުތައް ކުރިއަށް ގެންގޮސް ރިޕޯޓް ތައްޔާރުކޮށް ޑިޕާޓްމަންޓުގެ ކަމާބެހޭ ޔުނިޓްތަކާއި ހިއްސާކުރުން.
11. ތިމާވެއްޓާއި ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ޑިޕާޓްމަންޓްއިން ހިންގާ މަޝްރޫއުތަކާއި ގުޅުންހުރި ގަވާއިދުތަކަށް ޑިޕާޓްމަންޓުގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކޮށް އެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރުމަށް ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ތައްޔާރުކޮށް، މުރާޖާކޮށް ބެލެހެއްޓުން.
12. މަޝްރޫއުތަކާއި ގުޅިގެން ދިމާވާ ތިމާވެށިގެ މައްސަލަތައް ހައްލުކުރުމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއިއެކު ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރުމުގައި އެހެން ސެކްޝަންތަކަށް އެހީތެރިވުން.
13. ޑިޕާޓްމަންޓުގެ ފަރާތުން އެކި މަޝްރޫއުތަކަށް ހަދާ ޑިޒައިންގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ އަސަރު އެކަށީގެންވާ މިންގަނޑުތަކެއްގައި ހިފެހެއްޓުމަށްޓަކައި ޒަމާނާއިއެއްގޮތަށް ބަދަލުކުރުމަށް ހަދަންޖެހޭ ރިސާޗްހެދުމާއި އައު ޓެކްނޮލޮޖީއާއި ބެހޭ ލިޔެކިޔުންތައް ޑިޕާޓްމަންޓްގެ ކަމާބެހޭ ޔުނިޓްތަކާއި ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދިނުން.
14. ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
|