ދިވެހިރާއްޖެ
މި ޞިއްޙީމަރުކަޒުގެ ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.
މަޤާމް:
|
ތަރުޖަމާން
|
މަޤާމްގެ ނަމްބަރ: |
J-110830 |
ބޭނުންވާ ޢަދަދު: |
01 |
މަޤާމްގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
GS3 |
މަޤާމްގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
މަޤާމް އޮތް އޮފީސް |
އއ. އުކުޅަސް ޞިއްޙީމަރުކަޒު |
ވަޒީފާ އަދާކުރަންޖެހޭ ތަން |
އއ. އުކުޅަސް ޞިއްޙީމަރުކަޒް |
މުސާރަ: |
މަހަކު -/4465 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1- ޞިއްޙީމަރުކަޒުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން ޒިންމާދާރު ކަމާއިއެކު ތަރުޖާމާނެއްގެ ޒިންމާ އަދާ ކުރުން. 2- ޞިއްޙީމަރުކަޒަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ އެންމެހާ ފަރާތްތަކަށްވެސް ތަފާތު ކުރުމެއްނެތި ހިތްހެޔޮކަމާއި، އިޙްތިރާމާއިއެކު މަރުހަބާކިޔާ ޚިދުމަތްތެރި ގޮތެއްގައި ޚިދުމަތް ދިނުން. 3- ޑޮކްޓަރ ޑިއުޓީއަށް ދުރުވުމުގެ ކުރިން ކޮންސަލްޓޭޝަން ރޫމުގެ އިންވެންޓްރީ ޗެކްކޮށް މަދުވާ ތަކެތި ހަމަކުރުން. 4- ބަލިމީހާގެ އެންމެހާ ވާހަކަތަކަށް އަމާނާތްތެރިވެ އެވާހަކަ ތަކަކީ އަމިއްލަ ސިއްރެއްގެ ގޮތުގައި ދެކި އިތުބާރު ދެމެހެއްޓުން. 5- ޑެއިލީ ސާރވޭލަންސް އަދި ވީކްލީ ސާރވޭލަންސް ރިޕޯރޓަށް އޯ.ޕީ.ޑީން ބޭނުންވާ މަޢުލޫމާތު ނަގާ ހެލްތު ޕްރަމޯޝަން ސެކްޝަނުން ބޭނުންވުމުން ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 6- ޞިއްޙީމަރުކަޒުގައި ޤާއިމް ކުރެވިފައިވާ " ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމް" HIS ސިސްޓަމަށް ދުވަހުން ދުވަހަށް އެންޓަރ ކުރަންޖެހޭ ޑޭޓާ ދުވަހުން ދުވަހަށް އެންޓަރ ކުރަމުން ގެންދިއުން. 7- ޞިއްޙީމަރުކަޒަށް އަންނަ ބަލިމީހުންގެ އައި.ސީ.ޑީ ކޯޑް ދުވަހުން ދުހަށް އެންޓަރކޮށް ނިންމުން. 8- ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން. 9- އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް ބޭނުން ވާ ބިލްތަކާއި އިންވޮއިސްތައް ޤަވާޢިދުން ހެދުން. 10- ރިސެޕްޝަނިސްޓް ނެތިއްޖެ ހާލަތެއްގައި ރިސެޕްޝަނިސްޓެއްގެ ޒިންމާއަދާކުރުމާއި ޞިއްޙީމަރުކަޒުގައި ކުރަންޖެހޭ މުހިއްމު މަސައްކަތްތަކުގައި އެހީތެރިވުން.
|
މަޤާމުގެ ޝަރުތު |
ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގް އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ،ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓްމެނޭޖްމަންޓްގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
ހ. ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން. ށ. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
- ވަޒީފާއަށް އެދޭ ފޯމު މި ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.CSC.gov.mv ވެބްސައިޓުން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މިޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފޯނު ނަންބަރަކީ، 6660859 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 ސެޕްޓެމްބަރ މަހުގެ ތެރޭގައި މި މިޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، ސެޕްޓެމްބަރުމަހުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
- މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށްމީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
- 30% (ތިރީސް އިންސައްތަ). |
އިތުރު މަޢުލޫމާތު ހޯދުން |
- މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660859 ނަންބަރު ފޯނަށެވެ. |