މަސައްކަތް
ނަންބަރު: (IUL)196-C/1/2017/55
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 24 އޮގަސްޓް 2017 11:30
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

ނަންބަރު: IUL)196-C/1/2017/55)

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މިއޮފީހުގެ އައްޑޫ ގޮފި ހިންގަމުންގެންދާ އިމާރާތުގެ ބައެއް މަރާމާތުތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2017/48) އިޢުލާއާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅަފައިނުވާތީ އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2017 އޮގަސްޓު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މިއޮފީހުގެ އައްޑޫ ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮގަސްޓު 30 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީ ހިސާބު، މިއޮފީހުގެ އައްޑޫ ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ އައްޑޫ ގޮފި ހިންގަމުންދަނީ ކުރީގެ ބީޓެކް އިމާރާތް (ޤައުމީ ޔުނިވާސިޓީ ކުރިމަތި) ޝަރަފުއްދީންމަގު/ އައްޑޫ ސިޓީ ހިތަދޫ ގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް މިއޮފީހުގެ ނަންބަރު 6888745 / 3003291 ގުޅުވުންއެދެމެވެ.

29 ޛުލްޤަޢިދާ 1438

 

21 އޮގަސްޓް 2017