މަސައްކަތް
ނަންބަރު: (IUL)22-PU /1/2017/275
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 24 އޮގަސްޓް 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރ ބަދަލުކުރި އިމާރާތުގައި ކުރަންހުރި ބައެއް މަސައްކަތާއި މިމިނިސްޓްރީގެ ގުދަނުގައިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2017/268 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3 ފަރާތް ކޮލިފައި ވެފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރީމެވެ.

  • ކުލަޔާއި ދަވާދުލުން
  • ދޮރުފަތް ބަދަލުކުރުމާއި މަރާމާތުކުރުން
  • ކަރަންޓްގެ މަސައްކަތް ކުރުން
  • ދޮރުފޮތި ތައްޔާރުކޮށް ހަރުކުރުން
  • އެއަރ ކަންޑިޝަން ނެއްޓުމާއި ހަރުކުރުން
  • ދަނގަޑުޓިނުން ފެންސެއް ޖެހުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް (ވެލާނާގޭ 08 ވަނަފަންގިފިލާ) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ރިޝެޕްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 އޮގަސްޓް 24 ވަނަ ދުވަހުގެ 11:00 ށް

2017 އޮގަސްޓް 28 ވަނަ ދުވަހުގެ 11:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

21 އޮގަސްޓް 2017