ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)469-HR/1/2017/5
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 29 އޮގަސްޓް 2017 13:00
ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

މަޤާމް :ޕްރޮގްރާމް އޮފިސަރ (ވަގުތީ)
ބޭނުންވާ އަދަދު :1

                      އިޢުލާން

މަގާމު:

 ޕްރޮގްރާމް އޮފިސަރ

މަގާމުގެ ނަންބަރު:

 J-290362  

ބޭނުންވާ ޢަދަދު:

 1  (އެކެއް)

މަގާމުގެ ގިންތި/ މަގާމުގެ މުއްދަތު ހަމަވާ ތާރީޚު:

 ވަގުތީ / މި މަގާމުގެ މުއްދަތު ހަމަވާނީ 2017 ޑިސެންބަރު 31 ގެ ނިޔަލަށެވެ.

މަގާމުގެ ރޭންކް:

 އެމް. އެސް - 2

މަގާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

 ޕޮލިސީ ޕްލޭނިންގ އެންޑް ޕްރޮގްރާމް ޔުނިޓް

މަގާމު އޮތް އޮފީސް:

 ނޭޝަންލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ނޭޝަންލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ / މާލެ

މުސާރަ:

 މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/2000 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35%

މަގާމުގެ ޝަރުތުތައް:

  1. އެންވަޔަރަންމަންޓް / ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް / ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ،
  2. އެންވަޔަރަންމަންޓް / ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް/ ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ،
  3. އެންވަޔަރަންމަންޓް / ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
  4. އެންވަޔަރަންމަންޓް / ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް/ ސޯޝަލް އެންޑް ބިހޭވިއަރަލް ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ  މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކުއްލި ހާލަތްތަކުގައި މިސެންޓަރުން ބޭނުންވާ ކޮންމެ ވަގުތެއްގައި އާއްމު ހާލަތަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް ތައްޔާރުވެތިބުން އަދި އިމަރޖެންސީ އޮން-ކޯލް މަސައްކަތުގައި ބައިވެރިވުމާއި، ކުއްލި ހާލަތްތަކުގައި އެލާޓަށް ގެންނަން ޖެހޭ ފަރާތްތައް އެލާޓަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް  ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވުމާއި، ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަނޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދޭންޖެހޭ އިދާރީ އެހީތެރިކަން ދިނުން.
  3. އިމަރޖަންސީ އޮޕަރޭޝަންސް ޕްލޭން ތަންފީޒުކުރުމާއި، ޤައުމީ މިންގަނޑުތަކަށް ފެތޭގޮތަށް ކުއްލި ނުރައްކަލުގެ ނުވަތަ ޑިޒާސްޓަރގެ ހާލަތުގައި ޕްރޮވިންސް/އަތޮޅު/ރަށު ފެންވަރުގެ ރެސްކިއު، ރިލީފް އަދި ރިކަވަރީ މަސައްކަތްތައް ބެލެހެއްޓުން އަދި އެސެސްމަންޓް ތައްޔާރުކޮށް ނިންމުން.
  4. ކުއްލި ނުރައްކާތަކުން ރާއްޖޭގެ ރައްޔިތުން ތައްޔާރީ ޙާލަތަކަށް ގެނައުމަށްޓަކައި ބޭނުންވާ އެކި އެކި ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ސަރުކާރާއި އެހެނިހެން މުއައްސަސާތައް އަދި ޖަމްޢިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. ރާއްޖޭން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓަންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރތައް ރާވާ ހިންގުމަށް ބޭނުންވާނޭ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
  6. ޑިޒާސްޓަރ ޕްރިވެންޝަން، މިޓިގޭޝަން، މަސައްކަތްތައް ކުރުމާއި، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ގައިޑްލައިންސް އެކުލަވާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކާރިސާތަކުގެ ސަބަބުން ގެއްލުންލިބޭ ފަރާތްތައް ރެކޯޑްކޮށް އެ މަސައްކަތަތައް ބެލެހެއްޓުމާއި، އެ މަޢުލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  - ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %38)

  - އިމްތިޚާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން -ކަނޑައެޅިފައިވާ އިންސައްތަ %5)

  - މަސައްކަތު ތަޖުރިބާއަށް  (ކަނޑައެޅިފައިވާ އިންސައްތަ )

  - މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ގާބިލުކަމާއި ސިފަތައް  (ކަނޑައެޅިފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިނެމޭގޮތަށް)

 3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް  ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ  ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީ

 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި  ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ  އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒުން ހިންގާ ރާއްޖެއިން  ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު  ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިން  ދޫކުރައްވާފައިވާ  ލިޔުމުގެ ކޮޕީ އައި ޓްރާންސްކްރިޕްޓްގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ  ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 6. ފުރިހަމަ ކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް  ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި  މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ  އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ  މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

 ވަޒީފާއަށް އެދޭ ފޯމު މިސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން  www.ndmc.gov.mv  މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި  ހުށަހަޅާނީ 29 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ  މެނޭޖްމަންޓް ސެންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-  މެއިލް އެޑްރެހަކީ، [email protected]  އެވެ.

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން  ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  6 އިން 10 ސެޕްޓެމްބަރ 2017 އާ ދެމެދު،   ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ  ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 05 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި  ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 05 ފަރާތް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 މަގާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން  ލިބެންޖެހޭ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެން މަތިވާން ވާނެއެވެ.

އިތުރު މަޢްލޫމާތު ހޯދުމަށް:

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 333425،333428 ނަންބަރު ފޯނާއެވެ.   އީ-މެއިލް ކުރާނީ  [email protected]   އަށެވެ.

              29  ޛުލްޤަޢިދާ  1438

              21  އޮގަސްޓު  2017

21 އޮގަސްޓް 2017