ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2017/26
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 29 އޮގަސްޓް 2017 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމާރ

މި އިޢުލާންވަނީ 29 އޮގަސްޓް 2017 14:23 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

22  (IUL)457-HR/1/2017/ނަންބަރު އިޢްލާންގައި ގިންތި ބަޔާންކޮށްފައި ނެތުމުން މިއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

މަޤާމް:

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމާރ   

މަޤާމުގެ ނަންބަރު:

252555

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ 2

މަޤާމުގެ ގިންތި:

 ދާއިމީ

ސެކްޝަން:

ޑޭޓާ ޕްރޮސެސިން އެންޑް ޑޭޓާރ މެނޭޖްމަންޓް ސެކްޝަން

މަޤާމް އޮތް އޮފީސް:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް /މާލެ

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން އަސާސީ މުސާރައިގެ %35 ފައިނޭންސް އެލަވަންސްގެ ގޮތުގައި ލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްޓެޓިސްޓިކްސް ޑިވިޜަނުން ސަރވޭތަކުގެ ޑޭޓާއެންޓްރީ ޕްރޮގްރާމްތައް ތައްޔާރުކުރުމާއި، ޑޭޓާ އެޑިޓްކުރުމާއި، ޓޭބަލްތައް ޖެނެރޭޓްކޮށް ޑޭޓާބޭސް އެކުލަވާއި މެނޭޖްކުރުމާއި އަދި މައިކްރޯ ޑޭޓާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  2. ސަރވޭއާއި ޑޭޓާޕްރޮސެސިންގގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، ސަރވޭގައި އެއްކުރާ މަޢުލޫމާތުތައް ޒަމާނާއި އެއްގޮތަށް ތަރައްޤީކުރުން.
  3. ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސާރވޭތަކުގެ ޑޭޓާ ޕްރޮސެސިންގ ގައި އެފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.
  4. ޑޭޓާ ޑިސެމިނޭޝަން ސިސްޓަމް އޮޓޮމޭޓް ކުރުމާއި ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޑިސެމިނޭޓް ކުރެވޭނެ ނިޒާމް ގާއިމްކުރުމުގައި އެހީތެރިވެދިނުން.
  5. ސްޓެޓިސްޓިކްސް ޑިވިޜަނުން ތައްޔާރުކޮށް އާއްމުކުރާ ޑޭޓާބޭސް އެޕްލިކޭޝަންތަކަށް (މޯލްޑިވް އިންފޯ ފަދަ) ދިމާވާ ޓެކްނިކަލް މައްސަލަތައް ދިރާސާކޮށް ހައްލުކުރުމުގައި އެހީތެރިވެދިނުން.
  6. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުންނާއި އެކިއޮފީސްތައް މެދުވެރިކޮށް އެއްކުރާ ޑޭޓާތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ޑޭޓާ ތަކުގެ ބެކަޕްސް ނެގޭފަދަ ނިޒާމްތައް ފަރުމާކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  7. ސްޓެޓިސްޓިކްސް ޑޭޓާ ބޭސްތައް ގާއިމުކޮށް އާއްމުފަރާތްތަކަށް ޑޭޓާ ފަސޭހައިން ލިބޭނެ ގޮތަކަށް އެޕްލިކޭޝަންސްތައް ޑިޒައިންކުރުމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

  1. ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.                                                             ނުވަތަ
  2. ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ  މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ  ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް)  ކައުންޓަރުންނާއި މިބިއުރޯގެ http://www.statisticsmaldives.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮގަސްޓް 2017  ވާ އަންގާރަދުވަހުގެ 12:00 ގެ ކުރިން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ކައުންޓަރުންނެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުތުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުކުރުމާއި އިމްތިހާންކުރުން އޮންނާނީ އިއުލާންއަށް މުއްދަތު ހަމަވާތާ ދެހަފްތާއެއްގެތެރޭގައެވެ. މި ތާރީޚު ގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

  •  (ކަނޑައެޅިފައިވާ އިންސައްތަ: %30)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327351 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

29 ޛުލްގައިދާ 1438 ހ

21 އޮގަސްޓް 2017 މ

21 އޮގަސްޓް 2017