ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/1/2013/
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 17:33
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑޮމެއިން ނަންބަރު ވިއްކުމަށް ބިޑްހުޅުވާނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެކަމަށް

މިއޮތޯރިޓީގެ ނަންބަރު IUL)202-L/1/2013/5) އިޢުލާނުން ވާނީ ތިރީގައި މިދަންނަވާ AA1 އަދި B1 ކެޓެގަރީގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޑޮމެއިން ނަންބަރުތަކަށް 15 އޮކްޓޫބަރު 2013 ވަނަ ދުވަހުން ފެށިގެން ބިޑްކުރެވޭނެކަމަށް ޢާންމުކޮށް އަންގައި އިޢްލާންކޮށްފައެވެ. އެހެންނަމަވެސް ދިމާވި ފަންނީ މައްސަލައެއްގެ ސަބަބުން މިދެންނެވި ތާރީޚުގައި ބިޑް ހުޅުވާނުލެވުނު ވާހަކަ ދެންނެވީމެވެ.

AA1 ކެޓެގަރީގެ ޑޮމެއިން ނަންބަރު

B1 ކެޓެގަރީގެ ޑޮމެއިން ނަންބަރު

100

101

101

111

102

112

103

113

104

114

ވީމާ ޑޮމެއިން ނަންބަރު ވިއްކުމަށް ބިޑްހުޅުވާނެ ތާރީޚެއް ފަހުން ޢާންމުކޮށް އަންގައި އިޢުލާން ކުރާނެ ވާހަކަ ދެންނެވީމެވެ.

17 ޛުލްޙިއްޖާ 1434

22 އޮކްޓޫބަރު 2013