ދިވެހިރާއްޖެ
ހއ.ބާރަށު ޖެޓީ ސަރަޙައްދުގައި ގައު އެތުރުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މާލެއިން ހއ.ބާރަށަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ގެނައުމަށް ބޭނުންވާ ތަކެތި (ލޯޑިންގް އަދި އަންލޯޑިންގް ހިމެނޭގޮތައް)
- 50’000 ގައު (ޕޭމަންޓް ގައު)
- 30 ކޮތަޅު ސިމެންތި
- 60 ކޮތަޅު ހިލަވެލި
- 90 ކޮތަޅު ހިލަ
- 01 ކޮމްޕެކްޓަރ
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަނަންވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ |
24 އޯގަސްޓް 2017 (ބުރާސްފަތި) ދުވަހުގެ 13:00އަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ |
27 އޯގަސްޓް 2017 (އާދީއްތަ) ދުވަހުގެ 13:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.
އަދި މިއިދާރާއިން ކުރި ނަމްބަރު (IUL)257/257/2017/38 (09 އޯގަސްޓް 2017) އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.
25 ޛުލްޤައިދާ 1438
17 އޯގަސްޓް 2017